މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ ވޮއިސް
ހަބަރު
23 Jul 2023 | 13:51
އުއްްތަމަ ފަނޑިޔާރާ ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޒިންމާ އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެ: ތާރިގު

‏ދިވެހި ރާއްޖޭގެ އުއްްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޒިންމާ އަދާކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ. 

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ އިންތިޚާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި އިދިކޮޅު ޕީޕީއެމުން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ކެންޑިޑެސީއަށް ހުރަހަކީ ހައިކޯޓްގެ ދެ ފަނޑިޔާރުންގެ ޗުއްޓީ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ސަމާސާ ތަނަކަށް ހަދާތަން ހާމައަށް ފެންނަން އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އުއްްތަމަފަނޑިޔާރު އަދި ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޒިންމާ އަދާކުރަންޖެހޭ ވަގުތު މިހާރު ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމީނުގެ ދިފާއީ ވަކީލު އާދަމް ޝަމީމު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވ. އާރަށު މައްސަލާގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުކަމަށްވާ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވައި އެ ހުކުމުގެ އިސްތިއުނާފު މައްސަލަ ލަސްވަމުންދާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ޙައްޤުތަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،" ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.