ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި މުހައްމަދު މަލީހު ޖަމާލު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Jul 2023 | 15:16
އޭސީސީއިން ރައީސް ޞާލިހަށް ނިސްބަތްވާ މައްސަލަތައް އަވަހަށް ނިންމާ އަދަބު ދޭންޖެހޭ: މަލީހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ނިސްބަތްވާ މައްސަލަތައް އޭސީސީއިން އަވަސްކޮށް ނިންމާ އެމަނިކުފާނަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށް މި ސަރުކަާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި މިހާރު ބައިވެރިވަމުން އަންނަ މަލީހު މިއަދު މިދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވަނީ އެ ކޯލިޝަނުން އޭސީސީއަށް ރައީސް ޞާލިހަށް ނިސްބަތްވާ ކޮރަޕްޝަންގެ 34 މައްސަލައެއް އިއްޔެ ހުށަހެޅުމާއި ގުޅިގެންނެވެ.

މަލީހު ވަނީ ރައީސް ޞާލިހު ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވާ ސަބަބު މިކަމުގެ ސަބަބުން ސާފުވާ ކަމަށް ފާހަގަކުރައްވާފައެވެ.

އަދި މިއީ ޤައުމާއި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް މަލީހު ވިދާޅުވިއެވެ.

އެހެންކަމުން މިމައްސަލަތައް އަވަސްކޮށް ނިންމާ ރައީސް ޞާލިހަށް ހައްޤު އަދަބު ނުދީފި ނަމަ އިއާދަ ނުކުރެވޭ ވަރު ގެއްލުން ޤައުމަށް ވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްވާ ކޮރަޕްޝަންގެ 34 މައްސަލައެއް އިދިކޮޅު ކޯލިޝަނުން އޭސީސީއަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެގޮތުން އެ ކޯލިޝަންގެ ޤާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ 2018 އިން ފެށިގެން މިހާތަނަށް ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންތަކާއި ގުޅޭ މައްލަތައް އެ ޓީމުން ހޯދާފައިވައިވާނެ ކަމަށެވެ. އަދި އެ މައްސަލަތައް އޭސީސީއަށް ވެސް ހުށައަޅާފައިވާނެ ކަމަށެވެ. 

އޭގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ނިސްބަތްވާ 10 މައްސަލައަކާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 6 މައްސަލައިގެ އިތުރުން ހެލްތު މިނިސްޓްރީގެ 4 މައްސަލައަކާއި، ސަރުކާރު ފެން ކުންފުނި، ފެނަކަ ކޯރަޕޭޝަނުގެ ކޮރަޕްޝަންގެ 4 މައްސަލައަކާއި، އެސްޓޯއޭގެ 3 މައްސަލައަކާއި، ޕްލޭނިން މިނިސްޓްރީގެ 3 މައްސަލައަކާއި އަދި ރައީސް އޮފީހުގެ 2 މައްސަލައާއި، އާރުޑީސީގެ 2 މައްސަލައެއް އިދިކޮޅުން ވަނީ އޭސީސީއަށް ހުށައަޅާފަ އެވެ. 

އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ސްޓެލްކޯއާއި، މޯލްޑިވްސް ގޭސް އާއި، ޖޭއެސްސީއާއި، ޕަބްލިކް ސާވިސް މީޑިއާ، އެންވަޔަރުމަންޓު މިނިސްޓްރީ، ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ޕީޖީ އޮފީސް، އޭސީސީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޖާބިރު، އެސް.އެމް.އީ ޑިވެލޮޕްމަންޓު ފަންޑު، ފޮރިން މިނިސްޓްރީގެ އިތުރުން ވެމްކޯ އާއި މޯލްޑިވްސް ޕޯޓްސްއަށް ނިސްބަތްވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ވަނީ އޭސީސީއަށް ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.