ފޮޓޯ/ ޕީޕީއެމް
ހަބަރު
23 Jul 2023 | 15:44
އޮފިސަރުން މަސައްކަތް ކުރީ، ހުއްދަ ނެތި، ލިޔެކިޔުންތައް ބަލަން: އިދިކޮޅުު ވަކީލުންގެ ޓީމް

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ގާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުއްޓަށް ވަޑައިގެންނެވުމުން ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތް ކުރެއްވީ ވަކީލުންގެ ފައިލް ހުއްދަ ނެތި ބައްލަވަން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ. 

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމު، އެމަނިކުފާނާއި ބައްދަލު ކުރައްވަން ހުއްދަ ދިނުމަށްފަހު، ބައްދަލު ކުރައްވަން މާފުށްޓަށް ވަޑައިގެންނެވުމުން، އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށް ޕީޕީއެމުން ވަނީ މިއަދު ބުނެފައެވެ. 

އެކަމާއި ގުޅިގެން ކަރެކްޝަންސް އިން ބުނީ، ބައްދަލުވުން ކެންސަލްކުރެވިފައިވަނީ ރައީސް ޔާމީން ޢަބްދުލް ގައްޔޫމްގެ ވަކީލުން ބައްދަލުވުމަށް ގެނައި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާދާފައި ވާތީ ކަމަށެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ، މިއަދު މާފުށި ޖަލަށް ވަކީލުން ދިއުމުން އާއްމު އުސޫލެއްގެ ދަށުން ގެންދިޔަ ލިޔެކިޔުންތަކާއި މަޝްވަރާކުރުމަށް ގެންދިޔަ ލެޕްޓޮޕްތައް ޗެކްކުރުމަށް ޖަލުގެ ފަރާތުން މީހަކު އައި ކަމަށެވެ. އަދި އެތަކެތި ޗެކްކުރުމުގެ މަސައްކަތް ކުރުމުން ދަނިކޮށް ކުއްލިޔަކަށް އޮފިސަރަކު ވަޑައިގެން އެއްވެސް އެހުމަކާވެސް ނުލާ އައި ގޮތަށް އައިސް ވަކީލުން ގެންދެވި ފައިލް ނަންގަވާ ބަލަން ފެށިކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެއާއިއެކު ވަކީލާއި މުވައްކިލާއި ދެމެދުގައި ވާ ކަންކަމަކީ ގާނޫނުގައި ރައްކާތެރިކުރެވިގެންވާ ހައްގަކަށްވާތީ އެކަން އެފަދައިން ނުކުރައްވުމަށް އެދިވަޑައިގެންނެވި ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެން ދެންނެވުމުން އެވާހަކަ "މަތީ ފަރާތާއި" ހިއްސާ ކުރައްވަން އޮފިސަރުން ވަޑައިގެންނެވި ކަމަށާ، އެގޮތުން ވަޑައިގެންނެވުމަށްފަހު އައިސް ދެންނެވީ ފައިލް ބަލާ ޗެކްކުރުމަށް މަތިން އަންގާކަމަށް ކަމުގައި ކަމަށެވެ. 

"އަޅުގަނޑުމެން ދެންނެވިން ފައިލް ބައްލަވާށޭ ސެކިއުރިޓީގެ ގޮތުން ފައިލްގެ ތެރޭގައި ސެކިއުރިޓީ ތްރެޓަކަށްވާ އެއްވެސް ކަހަލަ އާލާތެއް ތޫނު ހަތިޔާރެއް ނުވަތަ އެނޫންވެސް އެފަދަ އެއްވެސް އެއްޗެއް އޮތްތޯ ބައްލަވާށޭ. އެކަމަކު ލިޔެކިޔުންތައް ހާވާ ބެލުމަކީ ތިބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫނޭ... އަނެއްކާވެސް މައްޗަށް ވާހަކަ ދައްކަވަން ވަޑައިގެން އެނބުރި ވަޑައިގެން މި ވިދާޅުވަނީ. ތިމަންނަމެންނަށް އެބަ އަންގައޭ ލިޔެކިޔުންތައް ބަލަން ނުވަތަ ފައިލް ބަހައްޓާފައި ވަޑައިގަންނަވަން" 

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

ޖަމީލް ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުން ބަލަން މަސައްކަތް ކުރެއްވި ފައިލްގައި ރައީސް ޔާމީންގެ ކެންޑިޑެސީ އާއި ގުޅޭ އެއްވެސް ލިޔުމެއް ނޯންނާނެ ކަމަށެވެ. އަދި ޖަމީލް ވިދާޅުވީ ވަކީލާއި މުވައްކިލާއި ދެމެދުގައި ދެކެވޭ ވާހަކަތަކާއި ބައްދަލު ކުރެވޭ މައުލޫމާތު ތަކަކީ ގާނޫނީ ގޮތުން ރައްކާކުރެވިފައިވާ ވާހަކަތަކެއް ކަން ޖަމީލް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

މިއަދު މި ވީ ގޮތަކީ، އަޅުގަނޑުމެން އެ ގެންދިޔަ ލިޔެކިޔުންތައް ބަލަން، އެ އޮފިސަރު ހުއްދަނެތި މަސައްކަތް އެ ކުރީ. ދެން މިސާލަކަށް ސުވާލަކީ މި އޮފިސަރަށް އޯޑަރު ކުރަނީ ކާކުތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ހިނގި ކަންކަމުގެ ޒިންމާ ކޮމިޝަނަރ އޮފް ޕްރިޒަންސް ނަންގަވަން ޖެހޭނެ. އަދި މިއަދު މި ހިނގައި ދިޔަ ކަންކަމާއި ގުޅިގެން އެބޭފުޅާވެސް އެބަޖެހޭ އިސްތިއުފާ ދެއްވަން. ސަބަބަކީ ގާނޫނުގައި ވަރަށް ސާފުކޮށް ފެންނަން އެބައޮތް ، 38 ވަނަ މާއްދާގައި، ވަކީލާއި މުވައްކިލުގެ ލިޔެކިޔުންތައް ނުވެއް ބެލޭނެއޭ.  

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.