ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ހަބަރު
23 Jul 2023 | 16:28
ވަކީލުންނާ ބައްދަލުކުރުމަކީ ރައީސް ޔާމީނަށް ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤެއް: ޝިޔާމް

ވަކީލުންނާ ބައްދަލުކުރުމަކީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އަށް ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން އެމަނިކުފާނާ ބައްދަލުކުރައްވަން މިއަދު ވަޑައިގަތުމުން އެ ފުރުސަތު ވަކީލުންނަށް ދީފައިނުވުމުން، ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޝިޔާމް ވަނީ ރައީސް ޔާމީން ޖަލުގައި ހުންނަވާއިރުވެސް ޗެލެންޖަކީ އެމަނިކުފާނު ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިކަމާއި މެދު ހައިރާން ނުވާ ކަމަށާއި ރައީސް ޔާމީން އަދި މިނިވަންކޮށް ހުންނެވިނަމަ މި ސަރުކާރުން "ހާދަ ވަރެއް އަރުވާލާނެ" ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއާއިއެކު ވަކީލުންނާ ބައްދަލުކުރުމަކީ ރައީސް ޔާމީނަށް ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

"މި ޖައްބާރު ވަގު ވެރިކަން މިނިމެނީ." ޝިޔާމް އިތުރަށް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމު، އެމަނިކުފާނާއި ބައްދަލު ކުރައްވަން ހުއްދަ ދިނުމަށްފަހު، ބައްދަލު ކުރައްވަން މާފުށްޓަށް ވަޑައިގެންނެވުމުން، އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ކަން ކުރީ ހޯމް މިނިސްޓަރު ޢިމްރާން އަބްދުاللهގެ އެންގެވުމަށް ކަމަށްވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅުވައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވަކީލުންނާ އެމަނިކުފާނާ މިއަދު ބައްދަލުނުވި ކަމަށެވެ.

"‏ވަކީލުންގެ ބައްދަލުވުން ނުލިބުނު. ނޫނޭ ވާ ވަރަކަށް ބިރު ގަނެއްޖެ. ފައިލްތައް ބަލާ ހާވަން ޖަލު އޮފިސަރުންނަށް އޮތީ އަންގާފަ. ދުސްތޫރީ މައްސަލާގެ ލިއެކުންތައް ބަލަން ފޯރިނަގާފަ ތިބީ." ޑރ.ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އެމަނިކުފާނު ހައިކޯޓަށް ފެބްރުއަރީ މަހު ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ލަސްކުރާތީއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓް
އިބްރާހީމް މުހަންމަދު ސޯލިޙް
ހެދިފަ އޮންނަ ގަވައިދުގެތެރެއިން ބަލާފާސްކުރާނެ. ގައިދީ އަކާއި ބައްދަލުކުރަން ވަކީލަކުދިޔަސް ބަލާފާސް ކުރާނެ. މިއަދު ދެކޮޅުހެދީ ޔާމިނުބުނެގެން މަސްތުވާއެއްޗެހި ވައްދަންއުޅެނިކޮއް ބަލާފާސްކުރަން އުޅެންފެށުމުން..
23 Jul 2023
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.