ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު--
ހަބަރު
23 Jul 2023 | 16:25
މިއަދު ހިނގި ކަންތަކާއި ގުޅިގެން ސީޕީ އިސްތިއުފާ ދޭންޖެހޭ: ޑރ. ޖަމީލް

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ގާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުއްޓަށް ވަޑައިގެންނެވުމުން ކަން ހިނގައިދިޔަ ގޮތުން، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމު، އެމަނިކުފާނާއި ބައްދަލު ކުރައްވަން ހުއްދަ ދިނުމަށްފަހު، ބައްދަލު ކުރައްވަން މާފުށްޓަށް ވަޑައިގެންނެވުމުން، އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށް ޕީޕީއެމުން ވަނީ މިއަދު ބުނެފައެވެ. 

އެ މައްސަލާގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ، މާފުށި ޖަލަށް ވަކީލުން ދިއުމުން އާއްމު އުސޫލެއްގެ ދަށުން ޗެކު ކުރާ ތަކެތި ޗެކު ކުރަމުން ދަނިކޮށް ކުއްލިޔަކަށް އޮފިސަރަކު ވަޑައިގެން އެއްވެސް އެހުމަކާވެސް ނުލާ އައި ގޮތަށް އައިސް ވަކީލުން ގެންދެވި ފައިލް ނަންގަވާ ބަލަން ފެށިކަމަށެވެ. 

އެއާއިއެކު ވަކީލާއި މުވައްކިލާއި ދެމެދުގައި ވާ ކަންކަމަކީ ގާނޫނުގައި ރައްކާތެރިކުރެވިގެންވާ ހައްގަކަށްވާތީ އެކަން އެފަދައިން ނުކުރައްވުމަށް އެދިވަޑައިގެންނެވި ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެން ދެންނެވުމުން އެވާހަކަ "މަތީ ފަރާތާއި" ހިއްސާ ކުރައްވަން އޮފިސަރުން ވަޑައިގެންނެވި ކަމަށާ، އެގޮތުން ވަޑައިގެންނެވުމަށްފަހު އައިސް ދެންނެވީ ފައިލް ބަލާ ޗެކްކުރުމަށް މަތިން އަންގާކަމަށް ކަމުގައި ކަމަށެވެ. 

"އަނެއްކާވެސް މައްޗަށް ވާހަކަ ދައްކަވަން ވަޑައިގެން އެނބުރި ވަޑައިގެން މި ވިދާޅުވަނީ. ތިމަންނަމެންނަށް އެބަ އަންގައޭ ލިޔެކިޔުންތައް ބަލަން ނުވަތަ ފައިލް ބަހައްޓާފައި ވަޑައިގަންނަވަން" ޑރ. ޖަމީލް ވިދާޅުވި އެވެ. 

ޖަމީލް ވިދާޅުވީ ވަކީލާއި މުވައްކިލާއި ދެމެދުގައި ދެކެވޭ ވާހަކަތަކާއި ބައްދަލު ކުރެވޭ މައުލޫމާތު ތަކަކީ ގާނޫނީ ގޮތުން ރައްކާކުރެވިފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ގާނޫނާއި ޚިލާފަށް މިއަދު ހިނގައިދިޔަ ކަންކަމުގެ ޒިންމާ ކޮމިޝަނަރ އޮފް ޕްރިޒަންސް ނަންގަވަން ޖެހޭނެ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. 

"ދެން މިސާލަކަށް ސުވާލަކީ މި އޮފިސަރަށް އޯޑަރު ކުރަނީ ކާކުތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ހިނގި ކަންކަމުގެ ޒިންމާ ކޮމިޝަނަރ އޮފް ޕްރިޒަންސް ނަންގަވަން ޖެހޭނެ. އަދި މިއަދު މި ހިނގައި ދިޔަ ކަންކަމާއި ގުޅިގެން އެބޭފުޅާވެސް އެބަޖެހޭ އިސްތިއުފާ ދެއްވަން. ސަބަބަކީ ގާނޫނުގައި ވަރަށް ސާފުކޮށް ފެންނަން އެބައޮތް ، 38 ވަނަ މާއްދާގައި، ވަކީލާއި މުވައްކިލުގެ ލިޔެކިޔުންތައް ނުވެއް ބެލޭނެއޭ."  

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

މިއަދު ހިނގި ކަންކަމާއި ގުޅިގެން ކަރެކްޝަންސް އިން ބުނީ، ބައްދަލުވުން ކެންސަލްކުރެވިފައިވަނީ ރައީސް ޔާމީން ޢަބްދުލް ގައްޔޫމްގެ ވަކީލުން ބައްދަލުވުމަށް ގެނައި ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާދާފައި ވާތީ ކަމަށެވެ.

ކޮމެންޓް
ޖަމީލު
މިއަދު ވަކީލުން ޖަލައް މަސްތުވާ އެއްޗެހިވައްދަން އުޅެނިކޮއް ބަލާފާސްކުރަން ދެކޮޅުހެދީ. ޔާމިނު ބުނެގެން މަސްތުވާ ސާމާނުވައްދަން އުޅެނިކޮއް އެކަންނުވީމަ ގޯސްމިވީ އެހެންމީހުން..
23 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.