ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް
ހަބަރު
24 Jul 2023 | 06:23
ވަރިވާން އެދުނު އަންހެންމީހާއަށް ގުޅައި މެސެޖްކުރި އިސްމެޖިސްޓްރޭޓް މަގާމުން ވަކިކުރުމަށް ނިންމައިފި!

ހދ. ކުޅުދުއްފުށީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އެކޯޓަށް ވަރިވުމަށް ހުށަހެޅި މީހަކަށް ގުޅައި މެސެޖުކޮށް ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރުމުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައިފިއެެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޢަލީ އާދަމްއާއި ގުޅޭގޮތުން ތަޙުޤީޤު ކުރި މައްސަލައިގައި، އެ ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށްފައިިވާ ކަމަށެވެ.

އަދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

މިކަން ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތު ވާ ކަމަށް ޖޭއެސްސީއިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށްވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލު ތަކަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަަކާއި ޚިލާފު ޢަމަލުތަކެއްކަން ސާބިތުވާތީ، ޖޭއެސްސީއިން ވަނީ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ ދަށުން، އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ބޭއްވުނު އެ ކޮމިޝަންގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަލީ އާދަމްގެ މި މައްސަލައިގެ އިތުރުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައު ޖޭއެސްސީއިން ވަނީ އޭނާގެ ސުލޫކީ މައްސަލައެއްވެސް ބަލާފައެވެ.

އެގޮތުން ޖެނުއަރީ 31 ގައި ޖޭއެސްސީއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ޢަލީ އާދަމް ޢަމަލުކޮށްފައިވާ ތުހުމަތުކުރާކަމަށެވެ.

އެހެންކަމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލުމަށް ޖަނަވަރީ 18 ގައި ބޭއްވި އެ ކޮމިޝަންގެ 5 ވަނަ ޖަލްސާގައި ނިންމާ މި މައްސަލައިގެ ތަޙްޤީޤު ކޮމިޓީއެއް ވެސް އޭރު އެކުލަވާލެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ
16 Jul 2026
ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ
16 Jul 2026
އާސަންދައިގެ ހިދުމަތް ހޯދަން އިތުރު ފަސޭހައެއް
އާސަންދަ ކުންފުނިން މިފަހަރު ވަނީ ރ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާ ދެމެދުގެ ގިނަ އަތޮޅުތަކެއްގައި ކައުންޓަރުތައް ގާއިމްކޮށްފައެވެ.
16 Jul 2026
ނުގަވައިދުން އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ބުންޏެވެ
16 Jul 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ
16 Jul 2026
ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ ދިޔާނާއަށް ރުހުންދޭން
ކޮމިޓީގެ ނިންމުމަށްފަހު ދެން ފާސްކުރުމަށް ހުށަހަޅާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ