މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)
ހަބަރު
25 Jul 2023 | 15:43
އާމިރަށް ކުރި "އަނިޔާ" ތަޙްގީގުކޮށްދޭން މަޖިލީހަށް ހުށަހަޅާނަން: ޠާރިގު

ރައްޔިތުންގެ މަޖިލީހުގައި 3 ވަނަ ދައުރު ފުރިހަމަ ކުރަމުންދާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު، ރޭގެ ވަގުތެއްގައި މަގުމަތިން ހައްޔަރު ކުރި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ. 

އާމިރު ހައްޔަރު ކުރަން މަސައްކަތް ކުރުމުން ގަދަ ދައްކައި، "އަނިޔާ ނުކުރޭ" "އަނިޔާ ނުކުރޭ" ގޮވަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް ރޭ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. ގަދަ ދެއްކުމުގެ ސަބަބުން ފުލުހުން އާމިރު ހައްޔަރު ކޮށްފައި ވަނީވެސް ގަދަ ކަމުންނެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. 

މި މައްސަލާގައި ޓޮމް ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޯލިޝަންގައި ބައިވެރިވާ އެމްޑީއޭގެ ނާއިބުރައީސް އާމިރަށް ކުރިއަނިޔާ ތަޙްގީގުކޮށްދޭން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. 

އާމިރު ހައްޔަރު މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ 12:55 ކަން ހާއިރު، ވީ.ސީ.ޕީ ޖަހައި، ފުލުހުން އުޅަނދުތައް ޗެކު ކުރަމުން ދިޔައިރު، އާމިރުގެ ސައިކަލު އައީ ހިތިގަަސް މަގުން ދެކުނަށް ދުއްވާފައި ކަމަށެވެ. 

އަދި އޭނާ ގާތުގައި މަޑުކުރަން އެންގުމުން ވެސް ވީސީޕީއަށް މަޑު ނުކޮށް، ހަޑި ހުތުރު ބަހުން ފުލުހުންނާއި މުއާމަލާތް ކުރުމަށްފަހު، ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދިޔުމުން ފުލުހުން ގޮސް އެ ސައިކަލް ހުއްޓުވާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހުއްޓުވައި ފުލުހުން އޭނާއާއި ސުވާލު ކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ. 

"އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށުން، ހުޅުމާލޭ ފޭސް 2 ޕޮލިސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ވަނީ ދޫކޮށްލައިފަ. އޭނާ ދުއްވި ސައިކަލް ވަނީ ޓޯ ކޮށްފައި" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

ކޮމެންޓް
ގިރި
ހާދަ ވައްތަރޭ މީހެއްގެ އަލަމްގިރިއަކާ..އެހާވަރުގަދަ ލޡޯތްބެއް ޖެހިގެންދޯ ބަދަލުގަ ޖަލަށްދާން ޖާމިނުވާނީ. ގާނޫނު ހަދާ ތަނުގަ އުޅުނަކަސް އެހެނއ ހެދޭނެ ގާނޫނެއް ނެތްކަން ނޭގެނީ ހަމަ ގަމާރުކަމުން..
25 Jul 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.