ނަޝީދާއި ސާލިހް މާޒިގެތެރެއިން
ރިޕޯޓް
27 Jul 2023 | 12:36
ރައީސް ނަޝީދާއި ރައީސް ޞާލިހްގެ ސިޔާސީ ދުޝްމަންކަން ދެން ނިމުމެއް ނެތެވެ

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީ ދެކެފައިވާ ޕާޓީގެ އެތެރޭގެ އެންމެ ބޮޑު ގަޑުބަޑު އުފެދި، އެޕާޓީ މިވަނީ ދެބައިވެގެން ގޮސްފައެވެ. ޕާޓީ ދެބައިވެގެން މިދިޔައީ ވެރިކަމުގެ ބާރުގައި އޮތް މާލޭގެ ކެރަފާ އާއިލާގެތެރޭގައި ޕާޓީގެ ލީޑަރޝިޕާއި ވެރިކަމާހެދި އުފެދުނު އަރައިރުމެއްގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު، އެދެބޭފުޅުންގެ ދެމެދުގައި ކުޑައިރުއްސުރެ އޮތް ބެސްޓްފްރެންޑް ކަމުގެ ގުޅުން ކަނޑާލައި ސިޔާސީ ދުޝްމަނުންނަށް ވެވަޑައިގެން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ މައްޗަށް ގަދަވެވަޑައގަތުމަށް ކުރައްވަން ފެށްޓެވި މަސައްކަތްޕުޅުތަކަކުންނެވެ.

އެކުވެރިކަން ދުޝްމަންކަމަށް

އެމްޑީޕިއަނުން ދަންނަ އިބޫއާއި އަންނިއަކީ އެކެއްގެ ފުރާނައަށްވުރެ އަނެކަކަށް އިސްކަންދިން ކުޑައިރުގެ އެންމެ ގާތްދެ ރަހްމަތްތެރިންނެވެ. އެދެބޭފުޅުން މިއަދު އެތިބި ހާލަތަކަށް އަތުވެދާނެކަމަށް އެއްވެސް އެމްޑީޕިއަނަކު ހުވަފެނުންވެސް ނުދެކޭނެކަން ނޭނގެއެވެ. އެކަމަކު މިއަދު ރައީސް މުހައްމަދު ނަޝީދު އޭނާގެ ރަހްމަތެރިޔާއަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަނީ އޭނާ އަވަހާރަކޮށްލަން ބޮންގޮއްވި މީހުންނަށް ހިމާޔަތްދެއްވާ އަދި އެހާދިސާ އޮއްބާލަން އުޅުއްވާ ބޭފުޅާގެ ގޮތުގައެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް ތުހުމަތުގެ އިނގިލި ނަޝީދަށް ދިއްކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދަށް ނުހަނު ބޮޑު އަނިޔާއަކަށްވި ޓެރަރިޒަމްގެ ތުހުމަތު އަޅުވައި ދިގުމުއްދަތަކަށް ޖަލަށްލާން ކުރި ހުކުމަށްފަހު ނަޝީދުނެތި އެމްޑީޕީއާއިގެން ގަދަ ކަނޑުގައި ދަތުރުކުރައްވައި ވެރިކަން ލިބިވަޑައިގަތުމުން ނަޝީދަށް އެންމެ މަތީ އިއްޒަތްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިސްކޮށް ދެ އެކުވެރިން ދިވެހި ގައުމުގެ ވެރިކަން ކުރައްވަމުންދަނިކޮށް ނަޝީދު އަޑީގައި ހުންނަވައިގެން އެމްޑީޕީގެތެރެއިން ބަޣާވާތެއް އުފައްދަވައި ވެރިކަން ވަށްޓާލަން އުޅޭކަމަށެވެ. ރާއްޖޭގެ ތާރީޚަށް ބަލާނަމަ މިއީ 1900 ގެ ކުރީކޮޅު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތް ޝަމްސުއްދީން ރަދުން 3 އާއި އަތިރީގޭ އަބްދުލް މަޖީދު ދީދީ ( ފަހުން އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ) ކުޅުއްވި ކަހަލަ ސިޔާސީ ކުޅިގަނޑެކެވެ. އެކަމަކު މާފަހަތަށް ގޮސްފައިވާ ތާރީޚްގެ އެދުވަސްވަރާއި މިހާރާއި ކޮންމެހެން އަޅުވައިކިޔަން ގަސްދުކުރާކަށް ނެތީމެވެ.

ދެބޭފުޅުންގެ ތުހުމަތު

ނަޝީދުގެ ހިތްޕުޅު ހަލާކުވެ އަސަރު ނުކުރަންވީ ކީއްވެގެންތޯއެވެ. އެމްޑީޕީގެތެރޭގައި މިއަދު އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނިކަމެތިކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލުމަށްވުރެ މާބޮޑު ނިކަމެތިކަމެކެވެ. އެމްޑީޕީގެ ލީޑަރޝިޕް ނަންގަވައި އަޔަންމޭނަކަށް އޭނާ ވެވަޑައިގަތީ ހާދަ ބުރަ މަސައްކަތްޕުޅުތަތަކުންނެވެ. އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް ބޭރުކޮށްލުމާއި ދެން ވަޑައިގެންނެވި ޑޮކްޓަރ މުހައްމަދު މުނައްވަރު ވަށްޓައިލުމާއި އޭގެފަހުން އައި އައްޑުއަތޮޅު ޑޮކްޓަރ އިބްރާހީމްދީދީގެ ސިޔާސީ ހަޔާތް ދުއްވާލަން މީހުންގެ ހިތަށްވެސް ނާރާކަހަލަ ސިޔާސީ ކުޅި ޕާޓީތެރެއިން ކުޅުއްވަން ޖެހިވަޑައިގަތެވެ. އެއަށްފަހު ޕާޓީއާއި ހަވާލުވެވަޑައިގެން ޕާޓީގެ މުހިއްމު ގުނަވަންތަކުގައި އާއިލާގެތެރެއިންނާއި އަދި އެންމެ ވަފާތްތެރި މީހުން ބައިތިއްބަވައިގެން އެމްޑީޕީ ހިންގަވަމުން ގެންދެވީ އެމްޑީޕީއަކީ އަންނި ނުވަތަ އަންނިއަކީ އެމްޑީޕީކަމަށް ހުރިހާ ގޮތަކުން ހައްދަވައިގެންނެވެ. މިއަދު އޭނާއަށް ޖެހިވަޑައިގެންފައިވަނީ އެންމެ ޓްރަސްޓަޑް ގާތް އެކުވެރިޔާ ރައީސް ސާލިހާއި ބޯގަންވިލާ އާއިލާގެތެރެއިން ޕާޓީގެ ކަންކަމަށް ބަސްކިޔުއްވަންފެށްޓެވި ފައްޔާޒާއި ދެބޭފުޅުންގެ ކުރިފުޅުމަތީގައި އެތައްކުޅިއެއް ފަހަތަށްކުޅުއްވިގެން ބަލިފުޅުވެ ޕާޓީން ވަކިވެވަޑައިގެން އިށީނދެވަޑައިގަންނަވާނެ އެހެން ގަލެއް ހޯއްދެވުމަށެވެ. ކުރިން ވަށައިގެން ސަނާ ކިޔަމުންދިޔަ އަދި މިދުނިޔޭގައި ވީހާލެއްގައިވެ ދުނިޔެމަތީގެ ނަރަކައަށް ވަންނަންޖެހުނަސް އަރިހުގައި ވަންނަން ވަޖިދުވެފައިތިބި ރަންރީދޫ އެމްޑީޕިއަނުން އޭނާދޫކޮށް މިއަދު ތިބީ ސާލިހްގެ އޮޑިކޮޅަށް އަރައިގެންނެވެ. އެމީހުން މިއަދު އޭނާއަށް ނިސްބަތްކުރާ ހުތުރު ބަސްތަކަކީ އައްސަވަން ދަތިފުޅުވާވަރުގެ ބަސްތަކެކެވެ. ނުވިތާކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އޭނާ ވަކިކުރަން ސީދާ އެމްޑީޕީގެތެރެއިން ނިންމައި ރައީސް ސާލިހް އެކަމަށް އާބަސް ދެއްވުން މިއީ ޔާމީނުގެ ދައުރުގައި ޖަލުގައި އޮންނަންޖެހުމަށްވުރެވެސް މާ ހިތިކަންބޮޑު ވޭންދެނިވި އަނިޔާއެކެވެ. ހިތްޕުޅުގެތެރޭގައި އުފެދިފައިވާ ޖަޒުބާތުތައް ކިތަންމެހާވެސް ބޮޑެވެ.

ދެން އޮތީ ރައީސް ސޯލިގް ވާހަކައެވެ. ރައީސް ސާލިހަކީ ހަގީގީ ކެރެފާ އާއިލާގެ ބޭފުޅަކަށްނުވިޔަސް ކެރަފާ ލުތުފީގެ ދަރިކަނބަލުންނާއި ކައިވެނިބައްލަވައިގެން މިއަދު އެއީ ކެރަފާ އާއިލާގެ މެންބަރެކެވެ. ކުޑައިރުއްސރެ ނަޝީދާއި އޮތް ބެސްޓްފްރެންޑްގެ ކަމުގެ ގުޅުމުގެތެރެއިން ދެބޭފުޅުން އެކީގައި ތިއްބަވައިގެން ވަރަށް ގިނަ ސިޔާސީ ކަންކަމުގައި އުޅުއްވެވި، ފޮހެލަން އުޅުނަސް ދުވަހަކުވެސް ހަނދާނުން ފޮހެވިގެންނުދާނެ ހަރަކާތްތަކެއް ހިންގަވާފައިވެއެވެ. އެކުވެރި ނަޝީދު ޖަލަށްލީ ހިނދު އޭނާ މިނިވަންކުރަން ސާލިހް އިސް ނަންގަވައިގެން ނުފޮރުޅުއްވާ އެންމެ ގަލެއްވެސް މާލޭގެ މަގުމަތީގައި އޮންނާނެ ހެނެއް ހިޔެއް ނުވެއެވެ. ނަޝީދު ސަލާމަތްކުރެއްވުމަށް ވެރިކަމަށް ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި ރައީސް މައުމޫނާއެކު ސާލިހް ހެއްދެވި އަހްދުނާމާ ވެރިކަން ލިބިވަޑައިގަތުމާއެކު ނަޝީދު މާލެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގާތްވުމުން ނަޝީދުގެ އަތްޕުޅުން ވީދައި ކުދިކުދި ކޮއްލެއްވިއެވެ. އެވަރަކުންވެސް ހުއްޓަވާނުލެއްވިއެވެ. ގައުމުގެ ޚާރިޖީ ސިޔާސަތު ހިންގެވުމުގައާއި ދާޚިލީ ސިޔާސަތު ކަނޑައެޅުއްވުމުގައި މަޖިލީސް ހިންގަވަމުން ނަޝީދު ރައީސް ސާލިހަށްވުރެ ބާރުހުރިކަން ދައްކަވަން ފެށްޓެވުމާއި ވެރިކަމަށް ދެ އަހަރުވެސް ނުވަނީސް ސާލިހް ވެރިކަމުން ފައިބައިވަޑައިގެން ނަޝީދުގެ އަތްޕުޅު މައްޗަށް ވެރިކަން ފުރުޅާލަން ބޭނުންފުޅުވުމާއި ކެތްކުރައްވަން ދަތިފުޅުވާވަރަށް ސަރުކާރު ހިންގެވުމުގެ ކަންކަމުގެތެރެއަށް ނަޝީދު އަތްޕުޅު ބާނަން ފެށްޓެވުމުން އެހެންގޮތެއް ނެތެވެ. ވެރިކަން ބަދަލުކުރުމަށް ފާޅުގައި ނަޝީދު ނުކުމެވަޑައިގަތުމުން ކޮންމެވެސް ހިސާބަކުން ރޮނގެއް ދަންމަވަން މަޖްބޫރުވެވަޑައިގަތީއެވެ. މިއަދު އެއްބޭފުޅަކު އަނެއްބޭފުޅަކު ސިފަކުރައްވަނީ ބޭވަފާތްތެރިއެއްގެ ގޮތުގައެވެ.

ކުރިއަށް އޮތް މަސްދުވަހަކީ އަދި ދުވަސްތަކެކެވެ. މިއީ ލައްކަގިނަ އިލްޒާމްތަކަކާއި ހުތުރު ބަސްތަކެއް ވުޖޫދުވެގެންދާނެ ދުވަސްތަކަކަށް ވެގެންދާނެއެވެ. ނަޝީދު ވައުދުވެވަޑައިގެންފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީ ރޫޅައި ހަލާކުކޮށްލައްވާނެކަމަށެވެ. އެމްޑީޕީގެ ރަންރީނދޫ ދިދައަށް ދެން އިރުއެރިޔަ ނުދެއްވާނެކަމަށެވެ. މިދުވަސްތަކަށްފަހު ރައީސް ނަޝީދާއި ރައީސް ސާލިހް ދެން އެއް ސުފުރާއެއްގެ މަތިން ފަރިއްކުޅުވައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ މޫނުފުޅުމަތީގައި ހިނިތުންވެވަޑައިގެންފާނެކަމަކަށް ލަފައެއް ނުކުރެވެއެވެ.  އެއަށްވުރެ ބޮޑަށް ޕާޓީގެ މެންބަރުން ބައިބައިކޮށްލެވި ދެބޭފުޅުންގެ ޕޮޕިއުލަރިޓީ ވެށްޓިފައިވާ ވަޅުގަނޑު އަނދިރިވެފައި ފުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.