ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ/ ވޮއިސް
ހަބަރު
30 Jul 2023 | 11:16
މަސްތުވާތަކެތި ވިއްކުމަށް ރައީސް ޞާލިހު ތާއިދު ކުރާކަމުގެ ދަލީލު އެބަފެނޭ: ޑރ.ޖަމީލް

މަސްތުވާތަކެތި ވިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތާއިދު ކުރާ ވާހަކަ އަކީ ޔޯލަ ވާހަކައެއް ނޫން ކަމަށާ އެކަމުގެ ދަލީލަކަށް އެމަނިކުފާނު ހަނު ހުރުން ފުދޭކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ، ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ކެންޕެއިނަށް އައްޑޫއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަކުރު ވިއްކަން ތާއިދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެވާހަކައަށް ތާއީދު ކުރައްވާ ކުރެއްްވި ޓުވީޓެއްގައެވެ. 

ޖަމީލް ވިދާޅުވީ ނަޝީދުގެ އެ ވާހަކައަކީ ޔޯލަ ވާހަކައެއް ނޫން ކަމަށެވެ. އަދި ރައީސް ޞާލިހު ދީނީ ކާޑު ކުޅެން ބޭނުން ކުރައްވަނީ އަދާލަތު ޕާޓީ ކަމަށާ، އެމަނިކުފާނު މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންގެ ވޯޓް ހޯދުމަށް ބޭނުން ކުރަނީ "ވަކިމީހަކު" ކަމަށެވެ.

ވަކި މީހަކު ކަމުގައޖ ޖަމީލް އެ އިޝާރާތް ކުރައްވަނީ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުއަށެވެ.

"ބެރުޖަހަމުން އެމީހަކަށް މަރްޙަބާ އިއްޔެކީ މީހާގެ (ޖާބިރުގެ) ވާހަކަ ޖޯކަކަށް ނުވާނެ. އިބޫގެ ހަނުހުރުން ފުރިހަމަ ދަލީލެއް." ޖަމީލް ވިދާޅުވި އެވެ. 

އައްޑޫއަށް ކުރެއްވި ކެންޕެއިން ދަތުރުގައި ނަޝީދު ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި މެޑިކަލް މެރުއާނާ ރާއްޖެ އެތެރެކުރުން ފަސޭހަ ވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އަލި އަޅުވާލައްވައި، އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެއީ މަޖަލަކަށް ނަމަވެސް ދައްކަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. 

"އަޅުގަނޑަކަށް ނުފެނޭ މަޖަލަށް ހަދާފައިވެސް މި ބާވަތުގެ ވާހަކަ ދައްކަން، ރައީސް ސޯލިހްވެސް އަތް ޖައްސަންވަންށޭ މި އިންނަނަވަނީ. އެއިކީ މަޖާ ކަމެއް ނޫން، ޖާބިރު އަބަދު ދައްކަވާ ވާހަކަތައްވެސް މަޖަލެއްވެސް ނޫން". ނަޝީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.