ޖުމްހޫރީ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސް/ ފޮޓޯ: ޖޭޕީ
ހަބަރު
03 Aug 2023 | 13:37
ޖޭޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ފެހި ސިގުނަލް ލިބިއްޖެ: ޤާސިމް

ޖުމްހޫރީ ޕާޓީއަށް މިއަހަރު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމުގެ ފެހި ސިގުނަލް ލިބިއްޖެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރުގެ މަޤާމުގައި ހުންނެވުމަށް ފަހު އިސްތިއުފާދެއްވި މުޙައްމަދު ޝިހާބު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ނެވެ. 

ޤާސިމް ވިދާޅުވީ ޝިހާބު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަކީ މާލޭގެ އިއްޒަތްތެރި އާއިލާތަކުގެ ތާއީދު ޖޭޕީއަށް ލިބިގެންދާނެ ކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ވިސްނުން ވެސް ބަދަލުވެގެންދާނެ ކަމެއް ކަމަށެވެ. 

އޭގެ އިތުރުން ނާޒިމަކީ ވެސް ސިޔާސީގޮތުން މޮޅު މުފައްކިރެއް ކަމަށާއި، ނާޒިމް ޖޭޕީއާއި ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ސިޔާސީގޮތުން ލިބިގެންދާ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ. 

ޤާސިމް ވިދާޅުވީ އެ ދެބޭފުޅުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަކީ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ކުރެވިދާނެކަމަށް ލިބުނު ފެހި ސިގުނަލް ކަމަށެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލަނީ ގައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމަށާއި، ސިޔާސީ ތަޖުރިބާކާރުން ޖޭޕީއާއި ގުޅިގެން ދިއުމަކީ މެސެޖެއް ކަމަށާއި، އެކަމަށް ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި މި އިންތިޚާބު ޖޭޕީއަށް ހޯދައިދިނުމަށް ރައްޔިތުން ޖޭޕީއާއި ގުޅިވަޑައިގަތުމަށް އެމަނިކުފާނު ވަނީ ދައުވަތުއަރުވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.