ޑރ މަހުމޫދު ޝައުގީ ޖޭޕީއާއި ގުޅިވަޑައިގެން ވާހަކަ ދައްކަވަނީ: ފޮޓޯ- ދެން އެމްވީ
ހަބަރު
06 Aug 2023 | 15:05
"މިނިވަން ގައުމެއް ގޮތުގައި އޮވެގެން، ތަރައްގީ ކުރިއަށް ގެންދިއުމުގެ ގާބިލިއްޔަތު ގާސިމްގެ އެބަހުރި"

ތަރައްގީގެ މަރުހަލާގައި މިނިވަން ގައުމެއް ގޮތުގައި އޮވެގެން ކުރިއަށް ގެންދިއުމުގެ ގާބިލިއްޔަތު ގާސިމްގެ އެބަހުރިކަމަށާއި ގާސިމްއާއި މިއަދު ގުޅިވަޑައިގަތީ އެކަމުގެ ފުރިހަމަ އިތުބާރު ގާސިމްގެ ހުންނެވިކަން އެނގިވަޑައިގެން ކަމުގައި މިއަދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި، ޑރ މަހުމޫދު ޝައުގީ ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީގެ މައި އިދާރާ ކުނޫޒްގައި އޮތް ބައްދަލުވުމުގައި އެ ޕާޓީއަށް ސޮއިކުރައްވާ ޑރ ޝައުގީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްގީގެ ދުވެލި ހަމައަކަށް އަޅުވައި ރަނގަޅުކުރެވޭނެ ވަރުގެ ކޮންފިޑެންސް ގާސިމްގެ ކިބައިގައި ހުންނެވިކަމުގެ ޔަގީންކަން އެ ބޭފުޅާގެ އެ އޮތްކަމުގައެވެ. 

ރާއްޖެ ތަރައްގީ ކުރެވޭނީ އެކަމުގެ ފަންނީ ގާބިލް މީހުންގެ އެހީތެރިކަމުން ކަމުގައި ވިދާޅުވެ ޝައުގީ ވިދާޅުވީ އެކަން ކުރުމުގެ ގާބިލްކަން ގާސިމްގެ އެބް ހުރި ކަމުގައެވެ.  

" ގާސިމްއަކީ ވަރަށް ގިނަ ފަންނީ އިލްމީ އަދި ގާބިލް ބޭފުޅުން ގޮވައިގެން މަސައްކަތް ކުރައްވައިފައި ހުންނެވި ބޭފުޅެއް، އަދި އެފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދަވައިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ލީޑަރެއް" 

ޝައުގީ ވިދާޅުވިއެވެ. 

މީގެ އިތުރުން ޝައުގީ ވިދާޅުވީ ގާސިމްގެ މެނިފެސްޓޯ އެކުލަވާލުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވުނު ކަމަށާއި އެކަމުންވެސް ގައުމާމެދު ގާސިމްގެ ތަސައްރަފު ހުރިވަރު ސާފުވެގެން ހިނގައްޖެ ކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.