ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމްގެ ފޯމު ހުށައަޅުއްވަނީ
ހަބަރު
07 Aug 2023 | 11:13
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޤާސިމްގެ ނަން ހުށައަޅައިފި

ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި  ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ ނަން ހުށައަޅުއްވައިފިއެވެ.

ޤާސިމް އިބްރާހިމްގެ ރަނިންގމޭޓަކަސް ހަމަޖައްސައިފައިވަނީ ޖޭޕީގެ ޑެޕިޔުޓީ ލީޑަރ ޑރ އަމީން އިބްރާހިމެވެ. އަމީންއަކީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރައްވައިފައެވެ.

މީގެ އިތުރުން އަމީން އަކީ ޖޭޕީ އާއި ޤާސިމްގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

ޤާސިމްގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް ޤާސިމްގެ އަރިހުގައި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޤާސިމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާވެސް ބައިވެރިވެވަޑައިގަތެވެ.

 އަދި ދާދިފަހުން އެޕާޓީއާއި ގުޅިވަޑައިގެންނެވި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މަޙްމޫދް ޝައުޤީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 7 ކެންޑިޑޭޓަކު ވާދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެ ކޯލިޝަނަކުން ދެ ކެންޑިޑޭޓުން ވާދަކުރައްވާއިރު، މިނިވަން ދެ ކެންޑިޑޭޓެއްވެސް ވާދަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
ާޤަވައިދާ ޚިލާފަށް ތިލަފުށީގައި ދިރިއުޅެމުންދިޔަ 32 ބިދޭސީން ހައްޔަރުކޮށްފި
މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
12 Jul 2026
ސެމީގެ ޖާގަ ހޯދައި އާޖެންޓީނާ ވަރުގަދަ ކުރިމަތިލުމަކަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ އެޓީމާ އެންމެ ވާދަވެރި އިންގްލެންޑާ ދެކޮޅަށެވެ. މިއީ މިފަހަރުގެ ވަރލްޑްކަޕްގައި ފެނިގެންދާނޭ އެންމެ ވާދަވެރި މެޗެވެ.
12 Jul 2026
އެކްސިޑެންޓުވި ކާރަކުން ޑްރަގު ފެނުނު މައްސަލައެއްގައި ޒުވާނަކު ހައްޔަރުކޮށްފި
މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ބަލައި ފާސްކުރި ކާރަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި 27 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
12 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ
ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވެއްޖެއެވެ.
12 Jul 2026
ވޯލްޑް ކަޕްގައި ކުޅުނު ސައުތު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ
އޭނާ މަރުވި ސަބަބު އަދި ކަށަވަރު ނުވާތީ، އާއިލާއަށް މި އުނދަގޫ ވަގުތުގައި އިހުތިރާމް ކުރުމަށާއި ކަމާބެހޭ ފަރާތްތަކުން ރަސްމީ މައުލޫމާތު ހާމަކުރަންދެން ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
12 Jul 2026
ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.
12 Jul 2026
ނޯވޭ ބަލިކޮށް އިނގިރޭސިން ވަރލްޑްކަޕް ސެމީފައިނަލަށް
ރޭގެ މެޗްގައި އިންގްލެންޑްގެ ތަރިއަކަށްވީ ބެލިންހަމްއެވެ.