ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ދެން އެމްވީ
ހަބަރު
07 Aug 2023 | 17:41
އަތުގައި މިހާރު ހުރި އެއްޗަކަށްވުރެ އިތުރަށް އެއްވެސް އެއްޗެއް, ވެރިކަމަށް އައުމަށް ފަހުވެސް ބޭނުމެއް ނޫން: ގާސިމް

ރިޔާސީ އިންތިހާބު ކާމިޔާބުވެ، ވެރިކަމަށް އާދެވުނު ނަމަވެސް އަމިއްލަފުޅު ކުންފުންޏެއް ކަމަށްވާ ވިލާ ކުންފުންނީގައި މިހާރު ހުރި އެއްޗިއްސަށްވުރެ އިތުރަށް އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުން މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވާދަކުރެއްވުމަށްޓަކައި ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް ދިން ބަސްދީ ގަތުމެއްގައެވެ. 

އެގޮތުން ގާސިމް ވިދާޅުވީ، މި ވަގުތު އެބޭފުޅާގެ އާއިލާއާއި އަމިއްލަ ކުންފުނީގައި ހުރި އެއްޗިއްސަށްވުރެ އިތުރަށް އެއްވެސް އެއްޗެއް ބޭނުންފުޅުވެ ނުލައްވާކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާކަމުގައެވެ. 

"އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑު އަތުގައި ހުރި އެއްޗަކަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް އަޅުގަނޑުގެ ވެރިކަމެއްގައި ހޯދާކަށް ނޫޅޭނަން" 

ގާސިމް ވިދާޅުވިއެވެ. 

ވެރިކަން ލިބވަޑައިގެން ނަމަވެސް، ވިލާ ކުންފުންޏަށް ފައިދާ ވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ގާސިމް ވިދާޅުވީ، އެ މަނިކުފާނުން ދިވެހި ގައުމުން އިތުރަށް އެއްވެސް އެއްޗެއް ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމުގައެވެ. 

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހީމް ގެ ކެނޑިޑޭސީ މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާއިރު، އެމަނިކުފާނުންގެ ރަނިންގްމޭޓެއްގެ ގޮތުގައި ނިކުމެ ވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ އަމީން އިބްރާހިމެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޖުމުލަ އަށް ފަރާތަކުން ކެނޑިޑޭސީ ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.