ގާސިމް އާއި ރަނިންމޭޓް އަމީން--
ހަބަރު
09 Aug 2023 | 12:22
ޖޭޕީގެ މެނިފެސްޓޯ އިފްތިތާހް ކުރުން މިރޭ!

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗް ކުރުން މިރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.

ޖޭޕީން ބުނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އާއި ރަނިންގމޭޓް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމްގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ރަަސްމިއްޔާތު މިރޭ 9:30 ގައި ކުނޫޒުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޤާސިމްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "ހާސްކަނޑާލާ! ހަމަޖެހޭނެ!" އެވެ. އެބޭފުޅާގެ މެނިފެސްޓޯ ގައި ހިމަނާނެ ބައެއް މުހިންމު ކަންކަން މީގެ ކުރިން ގާސިމް އިއުލާން ކުރައްވާފައިވާއިރު، އެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފަސް އަހަރު ތެރޭގައި 100 މިލިއަނަރުން އުފެއްދެވުމަށް ވެވަޑައިގެންނެވި ވައުދެވެ. 

މީގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ބަލި މީހާއާއި އޭނާގެ އެހީތެރިޔާގެ ހުރިހައި ޚަރަދެއްވެސް އާސަންދަ އިން ކުރާ ގޮތަށް ހަމަޖައްސައިދިނުމާއި، ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 30،000 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފާހަގަކޮށްލަންޖެހެއެވެ. 

ހަމަ އެހެންމެ، ހުރިހާ ޒުވާނުންނަށްވެސް ވަޒީފާ ހޯދައިދިނުމާއި، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށްވެސް ޖޭޕީން ވަނީ ވައުދުވެފައެވެ.

ކޮމެންޓް
ސިޔާމް
ކޮބައިތޯ ފްލެޓް ތަކުގެ ކުލި ކާނޑާލާނަމޭ ވިދާޅުވި ވަޢުދު މިބައި މި ނޫހުގައި ނުލިޔުއްވީ ކީއްވެގެންތޯ މިޙަބަރު ލިޔުއްވިނަމަ ވަރަށް ފުރިހަމަވީސް
09 Aug 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.