ޤާސިމް އިބްރާހިމް
ހަބަރު
10 Aug 2023 | 06:51
ޤާސިމްގެ ޚަރަދުގައި ކިޔަވަން ނެގި އެތައް ހާސް ކުދިންނެއްގެ ލޯންތައް މައާފްކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އޭނާގެ އިންސާނީ އެހީ ފޯރުކޮށްދޭ ވިލާފައުންޑޭޝަންގެތެރެއިންނާއި އަދި އޭނާގެ އަމިއްލަ ނަންފުޅުގައި މަތީ ތައުލީމް ހާސިލް ކުރުމަށް އެތައް ހާސް ދަރިވަރުން ނަގާފައިވާ ލޯން މައާފްކޮށްދެއްވައިފިކަން އިއުލާން ކުރައްވައިފިއެވެ.

ޤާސިމް އެލޯންތައް މައާފްކޮށްދެއްވިކަން އިއުލާންކުރެއްވީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި އޭނާގެ މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލައްވާފައިވާ މެނިފެސްޓޯ އިއުލާން ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލާ ސްކޮލަރޝިޕް ޕްރޮގްރާމް ފެށުނުފަހުން މިހާތަނަށް ހަތްހާހަށްވުރެ ގިނަ ދިވެހިން އެސްކޮލަރޝިޕް ޕްރޮގްރާމްގެތެރެއިން މަތީ ތައުލީމް ހާސިލްކޮށްފައިވެއެވެ. ގިނަ ކުދިން ތައުލީމް ހާސިލްކޮށްފައިވަނީ އެޕްރޮގްރާމްގެތެރެއިން ނަގާ ފައިސާގެ އެއްބައި އަނބުރާ ދައްކާގޮތަށެވެ. އަނެއްބައި އޮންނަނީ ޚައިރާތަށް ހިލެއެވެ. 

"އެހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް އަޅުގަނޑު މައާފްކޮށްފިން. އެންމެ ކުއްޖަކުވެސް ބޮޑުލާރިއެއްވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް." ކުނޫޒްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވިއެވެ. 

ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ ސްޓޫޑަންޓް ލޯންގެ ގޮތުގައި ދައުލަތުން ދޫކޮށްފައިވާ ހުރިހާ ލޯނެއް ކިޔަވާ ކުދިންނަށް މައާފްކުރައްވާނެކަމަށްވެސް ޤާސިމް މިރޭ ވިދާޅުވިއެވެ. މިހާރު އޮންނަ ޑިގްރީގެ ބަދަލުގައި މާސްޓަރސްއަށް ހިލޭ ކިޔެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމަކީ ރާއްޖޭގައި އެންމެ ފުރަތަމަ މަތީ ތައުލީމަށް ދިވެހިންނަށް ކިޔަވައިދޭނެ ސްކޯލަރޝިޕް ޕްރޮގްރާމެއް ފެށްޓެވި ފަރާތެވެ. 1989 ވަނަ އަހަރު އޭނާގެ އުމުރުފުޅުން 50 ވަނަ އުފަންދުވަހާއި ދިމާކުރައްވައި ސްކޯލަރޝިޕް ޕްރޮގްރާމް ފެށްޓެވުމަށްފަހު އެފަހަރުވެސް އެކި ފަރާތްތަކުން އޭނާއަށް ދައްކަންޖެހިފައިހުރި 50 މިލިޔަން ރުފިޔާ މައާފްކޮށްދެއްވިއެވެ. ރާއްޖޭގެ އެކި ދާއިރާތަކުގައި މަތީ ތައުލީމަށް ކިޔަވައިގެން ގައުމު ހިންގަންތިބި ވަރަށް ގިނަ މީހުންނަކީ ވިލާސްކޯލަރޝިޕް ޕްރޮގްރާމްގެތެރެއިން ތައުލީމު ހާސިލު ކުރި މީހުންނެވެ. ޤާސިމް މިރޭ އިއުލާންކުރެއްވި ތިރީހަކަށް ސަފްހާގެ މައްޗަށް އެކުލެވޭ މެނިފެސްޓޯއަކީ ވަރަށް އުއްމީދީ ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާ މެނިފެސްޓޯއެއްކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.