ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް-- ފޮޓޯ/ ދެން
ހަބަރު
10 Aug 2023 | 09:00
ފުރަތަމަ 100 ދުވަހުގެ ތެރޭ, ފަނޑިޔާރުންގެ މުސާރައަށް %75 ކުރިއެރުމެއް ގެންނާނަން: ޤާސިމް

ދިވެހިރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރައްވައިފިނަމަ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ މިހާރަށްވުރެ 75 ޕަސެންޓު ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެ ވަޑައިގެންފި އެވެ.

ގާސިމް މިފަދައިން ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ގާސިމް ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހު ކުރާ ވާހަކައަކީ ކޮންމެ ސަރުކާރަކުން ވެސް ދައްކާ ވާހަކައެއް ކަމަށާއި ނަމަވެސް ވެރިކަމާއި ހަމައަށް އާދެވުމުން އެ ނިޒާމް އިސްލާހް ކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވާތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ބަޖެޓް 40 ބިލިއަނަށް އަރައިގެންދާއިރު ސްޕްރީމް ކޯޓާއި ހައި ކޯޓަށް ވަކި އިމާރާތެއް ނެހެދިގެން އުޅެނީ ކީއްވެގެންތޯ. ޖުޑުޝަރީގެ ކަންތައް ކިހިނެއްތޯ ރަނގަޅަށްދާނީ ފަނޑިޔާރު ގޭގެ އެކި ކޯޓުތައް ހީވަނީ ކޮތަރު ކޮށްޓެއްހެން. އެކަށީގެންދާ ޓްރޭނިންނާއި ތަރިބިއްޔަތު ފަނޑިޔާރުންނަކަށް ނުލިބޭ." 

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް 

މިއާއެކު ފިނޭންސް މިނިސްޓަރު ކަމުގައި ގާސިމް ހުންނެވި އިރު ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރި ގޮތަށް މިއަދާ ހަމައަށް ކުރިއެރުމެއް ދީފައި ނުވާ ކަން ފާހަގަ ކުރައްވައި އޭނާ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރަން ވައުދުވެވަޑައިގެންފައެވެ. 

"އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވާއިރު ފަނޑިޔާރުންގެ މުސާރަ މިހާރު އޮތް ވަރަށް ވުރެ 75 ޕަސެންޓް އިތުރު ކޮށްދޭނަން." 

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް 

މީގެ އިތުރުން ފަޑިޔާރުގޭގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ޓްރޭނިން ދިނުމާއި އެމީހުނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި އެ މުއައްޒަފުންނަށް ވެސް 35 ޕަސެންޓް މުސާރައިގެ ކުރިއެރުމެއް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދި ސްޕްރީމްކޯޓާއި ހައި ކޯޓާއި އަދި އެ ނޫން އެހެން ގާޖައިގެ ދަތިކަން ދިމާވެފައިވާ ކޯޓުތަކުގެ ބަދަލުގައި ވެރިކަމުގެ ދެ އަހަރު ނިމުމުގެ ކުރިން އާ ކޯޓުތައް އިމާރާތްކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ. 

ކޮމެންޓް
ެއޭ.ކޭ
ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންނަކަށް މުސާރަ ބޮޑުވުމެއްނެތް! މިސަރުކާރަކާއެއްވެސް ތަފާތެއް ނެތެއްނު! އެހެންވީމާ ވ. ސޮރި......
10 Aug 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.