ޤާސިމް އަދި ރަނިންގް މޭޓް އަމީން ޖޭޕީގެ ބައެއް އިސް ލީޑަރުންނާއި އެކު.
ހަބަރު
10 Aug 2023 | 10:32
ެވެރިކަމުގެ ފަސް އަހަރުގައި 30،000 ހައުސިންގ ޔުނިޓް އަޅާނަން: ޤާސިމް

ޖުމްހޫރީ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ވެރިކަމުގެ ފަސް އަހަރުގައި 30،000 ހައުސިންގ ޔުނިޓް އަޅާނެ ކަމަށް ޤާސިމް ވަޢުދުވެވަޑައިގެންފިއެވެ.

މިކަން އިޢުލާނުކުރައްވައިފައިވަނީ ޤާސިމް އަމީން 2023 މެނިފެސްޓޯ ގައެވެ.

ޤާސިމްގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި 30،000 ހައުސިންގ ޔުނިޓް އަޅައި ބޯހިޔާވަހިކަމަށް ބޭނުންވެ ނުލިބިފައި ތިބި ރައްޔިތުންނާއި، ހަވާލުކުރައްވާނެ ކަމަށާއި، އޭގެ ތެރެއިން 15،000 ހައުސިންގ ޔުނިޓް އަޅާނީ މާލެ ސަރަހައްދުގައި ކަމަށް މެނިފެސްޓޯގައި ވެއެވެ.

އެގޮތުން މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ 15،000 ހައުސިންގ ޔުނިޓާއި އަތޮޅުތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރޭނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.

މީގެއިތުރުން އަލަތު ކައިވެނި ކުރާ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ޒުވާނުންނަށް ޚާއްސަ ކޮށްގެން 18،000 ހައުސިންގ ޔުނިޓް "ފުރަތަމަ ގެދޮރު" ގެ ދަށުން ދޫކުރާނެ ކަމަށާއި، ސޯޝަލް ހައުސިންގ ހައްޤުވާ ފަރާތްތަކުން އެތަންތަނަށް ދައްކަންޖެހޭ ކުލި މަޢާފު ކޮށްދޭނެ ކަމަށް ޤާސިމް އަމީން 2023 މެނިފެސްޓޯގައި ބުނެފައިވެއެވެ.

ހައުސިންގ ޔުނިޓް ތަކުގެ އިތުރުން އަމިއްލަ ގޯތީގައި ގެދޮރު ހެދުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ޙާއްސަ ގޮތްތަކެއް ކަނޑައަޅުއްވައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.