ޤާސިމްގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
10 Aug 2023 | 11:19
ޤާސިމްގެ މެނިފެސްޓޯ ބިނާވެފައިވާ 9 އަސާސް ހާމަކޮށްފި!

ޖުމަހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ މެނިފެސްޓޯ ބިނާވެފައިވާ މައިގަނޑު 9 އަސާސް ހާމަކޮށްފި އެވެ. 

އެ އަސާސްތައް ހާމަކުރައްވާފައިވަނީ މި ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ރަނިންމޭޓު ޑރ އަމީން އިބްރާހީމެވެ. 

ޤާސިމްގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީނު ވިދާޅުވީ، އެ މެނިފެސްޓޯއަކީ ވަރަށް ފަންނީ ބޭފުޅުން ކުރައްވާފައިވާ ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކަމަށެވެ. އަދި މެނިފެސްޓޯ އެކުލަވާލާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުންގެ ޚިޔާލާއި މަޝްވަރާ ހިމަނާ އިދާރާތަކުން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. 

ޤާސިމްގެ މެނިފެސްޓޯއަކީ ގައުމަށް މިހާރު ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކުގެ ޙައްލު ލިބިގެންދާނެ މެނިފެސްޓޯއެއް ކަމަށާއި، އެއީ ވަރަށް ވަރުގަދަ ޕްލޭނެއްގެ ގޮތުގައި އަމީނު ސިފަކުރެއްވި އެވެ. 

ޤާސިމްގެ މެނިފެސްޓޯ ބިނާވެފައިވާ އަސާސްތައް!

-އިސްލާމްދީނާއި މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރުން

-އަދުލު އިންސާފު ޤާއިމްކުރުން

-ދަރަނިން ނެއްޓި އިޤްތިޞާދީ ދުވެލި މެކުހަށްޖެހުން

-ތަރައްގީގެ ފޮނި މީރުކަން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ގެންގޮސްދިނުން

-ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ ފަރުދުންގެ ޖީބަށް

-ކަށަވަރު ބޯހިޔާވަހިކަމާއި ސްމާޓު ރާއްޖެއެއް އުފެއްދުން 

-ސިއްޙީ ފަރުވާއާއި އޯގާތެރިކަން

-ފެންވަރު ރަނގަޅު ތައުލީމުގެ ހިތްހަމަޖެހުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކުރުން

-އަންހެނުންނާއި ޒުވާނުންނާއި އިސްރަށްވެހިންގެ ދުޅަހެޔޮކަމުގެ އުފާވެރިކަން ގެނެސްދިނުން

ޤާސިމްގެ މެނިފެސްޓޯ ބިނާވާ އަސާސްތައް އަމީނު ހިއްސާކުރެއްވުމަށް ފަހު ވިދާޅުވީ، އެ މެނިފެސްޓޯގައި ހުރި ކަންކަން ފުއްދިދާނެ ކަމާއިމެދު ސުވާލު ނޫފެއްދުމަށް އެދިލައްވާކަމަށެވެ.

އެއީ ޤާސިމްގެ އަރިހުގައި އޮތް ޓީމަކީ މި ރިޔާސީ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ފަހަތުގައި އޮތް އެންމެ އިލްމީ ޤާބިލު ޓީމުކަމަށާއި، އެ ޓީމާއެކު މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރިއަށް އޮތް ތަނުގައި ޤާސިމްގެ ޓީމުގެ ބޭފުޅުން ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާނެ ކަމަށާއި، އަދި ވައުދުތައް ފުއްދުމަށް ގެންގުޅުއްވާނެ ޕްލޭނު ވެސް ވަރަށް ސާފުކޮށް ތިލަކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަމީނު ދެއްވި އެވެ.

އަދި ޤާސިމްގެ ޕްލޭނާއި އެއްގޮތަށް ރާއްޖެއަކީ ފުދުންތެރި ބަޔަކު ދިރިއުޅޭ އުފާވެރި އަމާން ގައުމަށް ހެދިދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.