ރައީސް ޞާލިހުގެ ކެންޕެއިން ތަރުޖަމާނު، މާރިޔާ-- ފޮޓޯ/ ވޮއިސް
ހަބަރު
10 Aug 2023 | 12:40
މާރިޔާގެ ބަހުގެ ހަމާތައް ވާދަވެރި ކެންޑިޑޭޓުންނަށް: ރައްޔިތުންގެ ވާހަކަ އެއިން އެއްވެސް ކެންޑިޑޭޓަކު ނުދައްކަވާ!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފިޔަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެހެން އެއްވެސް ކެންޑިޑޭޓަކު ރައްޔިތުންގެ ވާހަކަ ދައްކަވައި ރައްޔިތުންނާއި މެދު ވިސްނަވާ ނުހައްދަވާ ކަމަށް އެމަނިކުފާނު ކެންޕެއިން ތަރުޖަމާނު، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހުގެ ކެންޕެއިން ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ވާދަވެރި ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން، ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ކޯމިޝަން، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ދައްކަވަނީ އެ ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވާހަކަ ކަމަށެވެ. މާރިޔާ ވިދާޅުވީ މުޢިއްޒުގެ ވާހަކަފުޅުން އޭނާ ހާމަކޮށްދޭން ބޭނުންވަނީ ރައީސް ކަމަށް ކުރިމަތިލެއްވީވެސް ރައީސް ޔާމީން އަށްޓަކައި ކަމަށް ވަރަށް ބޮޑަށް ދޭހަވާ ކަމަށެވެ. އެހެންކަމަށް ވާނަމަ "ރައްޔިތުން ކޮބައިތޯ؟" މާރިޔާ ވަނީ ސުވާލު ކުރައްވާފައެވެ. 

އެއަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ނުގެންނަވައި، އޭނާއަށް ފާޑުވިދާޅުވަމުން މާރިޔާ ވަނީ، ގާސިމަކީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރެއްވުމުން މަޖިލީހަށްވެސް ހާޒިރުނުވާ ބޭފުޅެއް ކަމަށެވެ. 

ދެން އުޅުއްވާ ކެންޑިޑޭޓުންވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ފަސްވަރަކަށް އަހަރަށް ރައްޔިތުން އިންތިޚާބުކުރީމާ މަޖިލީހުގެ ހާޒިރީ ރިކޯޑަށް ބަލާލެއްވީމާ އެނގޭނެ ބައެއް ކެންޑިޑޭޓުންގެ މަޖިލީހަށް ހާރިޒުވެ ތިއްބެވި (އަދަދު). ރައްޔިތުންގެ މަތިން ފަސް އަހަރު ވަންދެން ހަނދުމަފުޅު ނެތިފައި ހުންނަވާފައި، ކުއްލިއަކަށް ނުކުމެވަޑައިގެން ވިދާޅުވާތަން މިފެންނަނީ. ރައްޔިތުން ބުނެފިއްޔާ ކޮންމެ ކަމެއްވެސް ކުރަންޖެހޭނެއޭ. ދެން ކީކޭ ދަންނަވާނީ. ނެތިން އަޅުގަނޑު އެއްޗެކޭ ދަންނަވާކަށް. 

މާރިޔާ އަހުމަދު ދީދީ

މީގެ އިތުރުން ވެސް މާރިޔާ ވަނީ ގާސިމްގެ މެނިފެސްޓޯ ގައި ހިމެނޭ ގިނަ ކަންކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރުގެތައް އަލުން އަޅުއްވައި، ރައީސުންނާއި ނާއިބު ރައީސުންގެ ގެކޮޅު އަޅުއްްވައި، ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް މެނިފެސްޓޯ ގައި ހިމެނިފައިވާ ކަން ފާހަގަކުރައްވައި މާރިޔާ ވަނީ އޭގައި ރައްޔިތުންގެ ވާހަކަ މާބޮޑަށް ހިމެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. 

ގާސިމަށް ފާޑުވިދާޅުވެ ނިންމަލެއްވުމަށްފަހު މާރިޔާ ވަނީ، އެމްޑީޕީީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ރޫޅާލައްވާނެ ވިދާޅުވެފައި ވާތީ, ޑިމޮކްރެޓްސް އިން ކުރަމުންދަނީ ވަރަށް "ޑިސްޓްރަކްޓިވް" ކެންޕެއިނެއް ކަމަށް ވިދާޅުވެ އެ ޕާޓީއަށް ވެސް ފާޑުވިދާޅުވެފަ އެވެ.

އެއާއެކު މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފިޔަވައި ރައްޔިތުންގެ ވާހަކަ ދައްކަވާ އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށް ވިދާޅުވެފައެވެ. 

"ކިތަންމެ ބޭފުޅުން ކިތަންމެ ގޮތަކަށް ވާހަކަދައްކަވާ ނަމަވެސް، ރައްޔިތުންގެ އެޖެންޑާގައި ނުކުމެތިބީ ހަމައެކަނި އެމްޑީޕީކަން ދަންނަވާލަން ޖެހޭ" މާރިޔާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.