އޭސީސީގެ ބައެއް މެންބަރުން
ހަބަރު
11 Aug 2023 | 15:50
ސަރުކާރުގެ ރަސްމީ ދަތުރެއްގެ ތެރެއިންވެސް ކެންޕެއިންކުރެވޭނެ: އޭސީސީ

ސަރުކާރުން ކުރާ ރަސްމީ ދަތުރެއްގެ ތެރެއިން، ރަސްމީ ދަތުރުގެ ހަވާސާއިން ބޭރު، ހުސް ވަގުތުގައި ކެމްޕެއިން ހަރަކާތްތައް ހިންގިދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ، ކުރިއަށް އޮތް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ ގޮތުން ނެރެފައިވާ އިރުޝާދުނާމާގައެވެ. 

މި އިރުޝާދުނާމާގެ މަޤްސަދުތަކުގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވަނީ، އިންތިޚާބުތަކުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކާއި ކޮރަޕްޝަނަށް ހުށަހެޅޭ ފަދަ ކަންކަން ވިޔަނުދިނުން (ކޮރަޕްޝަން ޕްރިވެންޝަން) އާއި އިންތިޚާބާ ގުޅޭ ހުރިހާ މަރުޙަލާއެއްގައިވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޢަމަލުކުރާނޭ ގޮތުގެ އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ދެފުށްފެންނަ ހާމަކަންބޮޑު ގޮތެއްގައި އިންތިޚާބާއި ގުޅޭ އެންމެހައި ކަންކަން ހިންގުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދުދިނުން ފަދަ ކަންކަމެވެ. 

ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށާއި އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ކެމްޕޭނުކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ޚަރަދުކުރާނެ ގޮތާއި، ދައުލަތުގެ މުވައްޒަފުން ކެމްޕނުތަކުގައި ހަރަކާތްތެރިވާންވީ ގޮތާއި، ދައުލަތުގެ މުދަލާއި ފައިސާ އަދި މަޤާމު ކެމްޕޭންކުރުމުގައި ބޭނުންކުރުން، އަދި ރިޝްވަތު ދިނުމާއި އިންތިޚާބާއި ގުޅިގެން ވޯޓު ގަތުމާއި ވޯޓު ވިއްކުން ފަދަ ކަންކަން ކަންކަން މަނާވުން ފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ހިމެނެއެވެ.

އެގޮތުން އޭގައި ބުނެފައިވާ ގޮތުގައި ކެންޑިޑޭޓަކު އިންތިހާބީ ދުވަސްވަރު ކުރާ ދަތުރެއްގެ މައިގަނޑު މަގްސަދަކީ ރަސްމީ ކަމެއް ކަމުގައިވާނަމަ އެ ދަތުރެއްގެ ހަރަދު ދައުލަތުގެ ބަޖެޓުން ހަމަޖެއްސި ނަމަވެސް، އެދަތުރުގައި ކެމްޕޭނުކުރުން ނުވަތަ ސިޔާސީ ހަރަކާތް ހިންގާނަމަ އެ ޚަރަދު ހަމަޖައްސަން ޖެހޭނީ ކެމްޕޭނު ފައިސާގެ ތެރެއިން ކަމަށެވެ.

"އަދި، ރަސްމީ ބޭނުމަށް ކުރާ ރަސްމީ ދަތުރެއްގެ ހަވާސާގައި އެކަމަކުން އެ ދަތުރެއްގެ ޚަރަދަށް އެއްވެސް އަސަރެއް ނުކުރާނެ ފަދަ ސިޔާސީ ހަރަކާތެއްގައި ނުރަސްމީ ގަޑީގައި ބައިވެރިވެވިދާނެ." އިރުޝާދު ނާމާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ކެންޑިޑޭޓަކު އިންތިޚާބީ ދުވަސްވަރު އެއްވެސް ކެމްޕޭނު ދަތުރެއްކުރާނަމ،ަ ދައުލަތުގެ މުދަލާއި ފައިސާ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުދަލާއި ފައިސާ އެއްވެސް ގޮތަކަށް ބޭނުންނުކުރެވޭނެ ކަމަށް އޭގައި ބުނެފައިވެއެވެ. 

އަދި މިގޮތަށް ކުރާ ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ފަރާތުން އެއްވެސް ސިޔާސީ މަސައްކަތެއް އެމުވައްޒަފުންގެ ރަސްމީ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ނުކުރުވުމަށްވެސް އެދިފައިވެއެވެ.

އޭގެ އިތުރުން އިންތިހާބާ ދީމާކޮށް ސަރުކާރުން ގިނަ އަދަކަށް މުވައްޒަފުން ނުނެގުން އަދި ވަކިނުކުރުމަށް ވެސް އިރުޝާދުނާމާގައި ވަނީ ލަފާދީފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.