ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ޖޭޕީ
ހަބަރު
13 Aug 2023 | 09:05
ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނަން: ޤާސިމް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް އިއުލާނުކުރައްވައިފި އެވެ.

މާމިގިލީގައި ބޭއްވި ޤާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމަށް ކުރީ ސަރުކާރުތަކުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ.

އެގޮތުން ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އަޅާ ފްލެޓުތަކުގެ މަސައްކަތްތައް ނުނިމި ދިގުލައިގެންދާއިރު، އެކަމުގެ ސަބަބުން އެ ފަރާތްތަކުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާކަން އެގިލައްވާކަމަށް ޤާސިމް ވިދާޅުވި އެވެ. އެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ޖޭޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލާފައިވާނީ ސިފައިންނާއި ފުލުހުންގެ އެ މައްސަލައަށް ދާއިމީ ޙައްލު ލިބިގެންދާނެ ގޮތަށް ވިސްނައިގެން ކަމަށެވެ.

އެގޮތުން ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި ތިއްބަވާ ބޭފުޅުންނަށް ޚާއްސަކޮށްގެން ޒަމާނީ ފެންވަރުގެ އެކޮމޮޑޭޝަން ބްލޮކެއް ބަންޑާރަކޮށީގައި އަޅުއްވާދެއްވާނެކަމަށް ޤާސިމް ވިދާޅުވި އެވެ. އަދި އެކަން ކުރައްވާނެ ގޮތުގެ ތަފްސީލުތައް ވެސް ޤާސިމް ވަނީ ހިއްސާކުރައްވާފަ އެވެ.

"އެކަން ކުރާނެ ގޮތަކީ، މިހާރު އޮތް ބަންޑާރަކޮށި އެއްބައި ހުސްކޮށްފައި އެތަން ބައިބަޔަށް ބަހާލާއިގެން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. ގެންގޮސްފަ އެބޭފުޅަކަށް ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަން ދަތިވެފައިވާ ސިފައިންގެ ތެރޭގައި ގެދޮރުގެ ދަތިކަން އެއްވެސް އެހީތެރިކަމެއް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ދައުލަތުން ކުއްޔަކާއި ނުލާ ދޭނެކަމަށް، ސިފައިންނެކޭ އެއްގޮތަށް ފުލުހުންނަށް ވެސް އެ ޚިދުމަތް ދޭނަން"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް

ޤާސިމް ވިދާޅުވީ އެފަދަ އިމާރާތްތައް ޚާއްސަކުރާނީ ހަމައެކަނި މާލެއަށް ނޫން ކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުން ޚިދުމަތުގައި ތިބި ސަރަހައްދުތަކުން ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދެއްވާނެ ކަމަށާއި، އަދި ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މުޅިން ހިލޭކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އިތުރުން ފަނޑިޔާރުންނަށް ވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހުރި ކަންކަމަށް ބަލާއިރު، ހިޔާ ފްލެޓުތަކުގެ ކުލި މާފުކޮށްދިނުން ވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އެފޯޑަބަލް ހައުސިން ކަށަވަރުކޮށްދިނުމަށް ތަފާތު މަޝްރޫއުތައް ވެސް ހިންގުން ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.