ާޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ޕީޕީއެމް
ހަބަރު
13 Aug 2023 | 09:51
ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ސްކޫލެއް ޤާއިމް ކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދޭނަން: ޑރ މުޢިއްޒު

ހދ ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ހުރިހާ ޚިދްމަތެއް ލިބޭ ސްކޫލެއް ޤާއިމްކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުން މައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ ނޮޅުވަރަމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ މުޢިއްޒު ވިދާޅުވީ ނޮޅިވަރަމްގައި 600 އަށް ވުރެ ގިނަ ކުދިން ތަޢުލީމް ހާސިލްކުރަމުންދާކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ނޮޅިވަރަމްގައި ހުރިހާ ޚިދުމަތްތައް ލިބޭ ޒަމާނީ ސްކޫލެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ.

"ސަރުކާރަކުން އެންމެ އިސްކަމެއް ދޭންޖެހޭނީ ކުޑަކުދިން ތަރުބިއްޔަތު ކުރުމަށް" 

ޑރ މުޙައްމަދު މުޢިއްޒު

މުޢިއްޒު ވިދާޅުވީ ނޮޅިވަރަމްގެ އިޤްތިޞާދު ކުރިއަރުވަން ދަނޑުވެރިކަމާއި ގުޅިގެން ހުރި ގޮން ޖެހުންތައް ނައްތައިލަން ޖެހޭކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި އެފަދަ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށްވެސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މިއާއި އެކު އިދިކޮޅު ކެންޑިޑޭޓް މުޢިއްޒު ވިދާޅުވީ ފުޓްބޯޅަ ދަނޑެއް ނޮޅިވަރަމްގައި ނެތި އެހެން ރަށެއްގައި އޮވެގެން ވާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، ރަށްރަށާމެދު ޢަދުލުވެރިވާނަމަ އެކަންތައް އެރަށުގައި ކޮށްދެވިފައި އޮންނަން ޖެހޭނެކަމަށެވެ.

އެކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި އެރަށުގައި ކުޅިވަރާ ގުޅޭ އެފަދަ ކަންކަން ޤާއިމްކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއް ޤާއިމްވެއްޖެނަމަ ތިބޭފުޅުން ތި އެދޭގޮތަށް ފުޓްބޯޅަ/ފުޓްސަލް ދަނޑު އަދި ވޮލީ ފަދަ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދޭނަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ މުޢިއްޒުވަނީ ނޮޅިވަރަމުގެ މަގުތައް ހަދައިދެއްވުމަށާއި، ބަނދަރު ތަރައްޤީކޮށްދެއްވާނެ ކަމަށާއި އަދި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމްކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.