އަލީ ވަހީދު ޤާސިމްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
13 Aug 2023 | 11:43
ޤައުމަށް ގައްދާރުވާ މީހުންގެ އަދަބު ކަނޑައަޅާ ތަންފީޒުކުރާނަން: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޤައުމަށް ގައްދާރުވާ މީހުންގެ އަދަބު ޤާނޫނުލް އުގޫބާތުގައި ލިޔެ، އެކަން ތަންފީޒު ކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. 

އަލީ ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ މާމިނގިލީގައި ރޭ ބޭއްވި ޤާސިމްގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކުގެ ވާހަކަދައްކާއިރު އަވައްޓެރި އެއް ގައުމުގެ ވާހަކަ އަބަދުވެސް ދެއްކޭ ކަމަށެވެ. ވަކި ނަމެއް ހާމަނުކުރެއްވި ނަމަވެސް އަލީ ވަހީދުގެ ވާހަކައިގައި އިޝާރާތްކުރެއްވީ އަވައްޓެރި އިންޑިޔާއަށެވެ. 

"ކަންނަންނޫރުން، މަލާބާރުން، ހޮޅިން، މި ހުރިހާ ނަމެއް ނިސްބަތްވަނީ އެއް ދިމާލަކަށް. އަޖައިބެއްނު. ސޯމާލިޔާއިން ވެސް ރަނގަޅެއް ނޫން ތޯ އައިސްލަން. ޗާގޯސްއިން ވެސް. އެކަމަކު އެއް ދިމާލަކުން"

އަލީ ވަހީދު 

އޭނާ ވިދާޅުވީ އިންޑިއާއިން އަމަލުކުރަނީ، އަދި ކުރަމުން އައިސްފައިވަނީ އެމީހުންނަށް އެންމެ މަސްލަހަތު ބޮޑު ނުވަތަ ފައިދާ ބޮޑު ގޮތަށް ބަލައިގެންކަމަށެވެ. އަދި އެއީ އެމީހުން ކަންކުރާނެ ވެސް ގޮތް ކަމަށެވެ. 

"އެބޭފުޅުން އެކަން ކުރަން ޖެހޭ. އެއީ އެބޭފުޅުންގެ ސެކިއުރިޓީ ޒޯނު ހިމަނަނީ ދިވެހިރާއްޖެ ހިމަނައިގެން"

އަލީ ވަހީދު 

އެކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ މައްސަލައަކަށް ވަނީ ދިވެހިންގެ ތެރެއިން ޚާއިނުން ނިކުމެ މި ގައުމު ދޫކޮށްލަން އެއްބަސްވާތީ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ގައުމަށް ޚިޔާނާތްތެރިވާ މީހުންނަށް އަދަބުދޭން ޖެހޭ ކަމަށެވެ. 

އެގޮތުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގައުމަށް ގައްދާރުވާ މީހުންނަށް ދޭނެ އަބަދު ކަނޑައަޅާ އެ އަދަބު ތަންފީޒު ކުރާނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ޤާނޫނުލްއުގޫބާތުގައި ގައުމަށް ގައްދާރުވާ މީހުންނަށް ދޭ އަދަބުލިޔެ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެކަން ތަންފީޒު ކުރާނަން"

އަލީ ވަހީދު 

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގައުމަށް ގައްދާރުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބޭނެ ކަމަށެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ނިކުންނައިރު، އެންމެ އިސްކަމެއް ދެނީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށްކަމަށް އެ ޕާޓީން ވަނީ ވިދާޅުވެފަ އެވެ. 

އެބޭފުޅުން އެކަން ފާހަގަކުރައްވަމުން ދިޔަ ނަމަވެސް، ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ގަވައިދާއި ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބަވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ފާޅުގައި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް ޤާސިމް ގޮވާލައްވާފަ އެއް ވެސް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.