ވިޔަފާރި
15 Aug 2023 | 11:51
ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!

ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހާއި، އެނޫންވެސް ދުވަސް ދުވަހަށް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރު ފަހަރު އާންމުކޮށް ޚިޔާރު ކުރެވޭ އެއްޗެވެ. ބައެއް ފަހަރު ފިހެލައިގެން، އަނެއްބައި ފަހަރު ހިކި ކޮށް ނޫނީ ރިހަ ކައްކާލައިގެން، ނުވަތަ އެންމެ މީރުކޮށް ކާލަން ބޭނުންވާ ފަހަރު ތެލުލައިގެންވެސް ކާލަން ކުކުޅަކީ އެއްވަނައިގެ އެއްޗެކެވެ. 

އެފަދަ ކޮންމެ ގޮތަކަށް ކުކުޅު ތައްޔާރު ކޮށްލަން ބޭނުން ނަމަވެސް، ވިލާ މާޓުން އެ ތައްޔާރު ކުރަން ބޭނުންވާ ގޮތަކަށް ހުންނަ ކުކުޅު ލިބޭނެ ކަމަށް ވިލާ މާޓުން ބުނެއެވެ. އެގޮތުން، 'އެވިއާ' ބްރޭންޑްގެ ތާޒާ ފިނި ކުރި އަދި ގަނޑު ކުރި ކޮށާފައި ހުންނަ ކުކުޅާއި، ނުކޮށާ ހުންނަ ކުކުޅުގެ އިތުރުން ކުކުޅު ފަޔާއި، ޗިކަން ވިންގްސް ވެސް އެތަނުން ލިބެން ހުރެއެވެ. އެވިއާ ބްރޭންޑަކީ ބްރެޒިލްގެ ނަން މަޝްހޫރު ބްރޭންޑެކެވެ. ކުކުޅުގެ އިތުރުން މީރު ޗިކަން ސޮސެޖުވެސް ވިލާމާޓުން ލިބެން ހުރެއެވެ.  

ވިލާ މާޓުން ވިއްކާ އެފަދަ ކުކުޅުގެ ހުރިހާ އުފެއްދުން ތަކަކުން، ކޮންމެ ހަފްތާ އެއްގެވެސް ބުރާސްފަތި އަދި ހުކުރު ދުވަހު %20 ޑިސްކައުންޓެއް އެ ފިހާރައިން ދެއެވެ. 

ކުކުޅުގެ އެކި ވައްތަރުގެ ތެރެއިން ޗިކަން ވިންގްސް އަކީ ފަހަކަށް އައިސް ގިނަ ބައެއްގަ މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. ޚާއްސަކޮށް އާއިލާއާއި ރަހުމަތްތެރިންނާއި، އެކީގައި މަސައްކަތް ކުރާ މީހުންވެސް އެކުގައި ކާލުމަށް ޗިކަން ވިންގްސް އަކީ އެންމެނަށްހެން ކަމުދާ އެއްޗެކެވެ. 

އެހެންކަމުން މިފަހަރު މިގެނެސްދެނީ މީރުކޮށް ގޭގައި ޗިކަން ވިންގްސް ތައްޔާރު ކޮށްލާނެ ގޮތެވެ. 

ޗިކަން ވިންގްސްއަށް ބޭނުންވާ ތަކެތި 

2 އެލްބީ (ގާތްގަނޑަކަށް 900ގ) ޗިކަން ވިންގްސް

1/2 ޖޯޑު ފުށް

1 ސައި ސަމުސާ ލޮނުމެދު ޕައުޑަރ

1 ސައި ސަމުސާ ޕެޕްރިކާ (މުގުރި ރަތް މިރުސް) 

1/2 ސައި ސަމުސާ ލޮނު

1/4 ސައިސަމުސާ އަސޭމިރުސް 

ތެޔޮ (ޗިކަން ވިންގްސް ތެލުލުމަށް) 

ސޯސް ތައްޔާރު ކުރަން ބޭނުންވާ ތަކެތި

1/4 ޖޯޑު މެލްޓެޑް ބަޓަރ 

1/4 ޖޯޑު ހޮޓް ސޯސް (ފްރޭންކްސް ރެޑް ހޮޓް ފަދަ ސޯހެއް)

1 މޭޒުމަތީ ސަމުސާ މާމުއި

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 ސައިސަމުސާ ލޮނުމެދު ޕައުޑަރ

1/2 ސައިސަމުސާ ފިޔާ ޕައުޑަރ 

ތައްޔާރު ކުރާނެ ގޮތް

1) 200 ޑިގްރީއަށް އަވަން ޕްރީ ހީޓް ކުރަން ޖައްސާށެވެ. ދެން ބޭކިގް ޝީޓްއެއް ފޮއިލް އެއްގެ މަތީގައި ރަނގަޅަށް ހަރުކޮށްލާށެވެ. 

2) އެއަށްފަހު، ތަށްޓެއްގައި ފުށާއި، ލޮނުމެދު ޕައުޑަރ، ޕެޕްރިކާ، ލޮނު އަދި އަސޭމިރުސް އެކުލަވާލާށެވެ. 

3) ޗިކަން ވިންގްސްތައް، ފަހަރަކު އެއްޗެއް، އެ ތައްޔާރު ކުރި ފުށަށްލައި، ރަނގަޅަށް ޗިކަން ވިންގްސް ގައި ފުށް އުނގުޅާލާށެވެ. 

4) ދެން ތަވައަކަށް ތެޔޮ އެޅުމަށްފަހު، ތެލަށް ހޫނު ވުމުން ގާތްގަނޑަކަށް 8-10 މިނެޓް ވަންދެން، ރަން މުށި ކުލަ އަރައި މުރަނަވަންދެން ޗިކަން ވިންގްސް ރަނގަޅަށް ތެލުލާލާށެވެ. 

5) އެއަށްފަހު ބޭކިންގ ޝީޓް މަތީގައި ޗިކަން ވިންގްސް އަތުރާލުމަށްފަހު 20-15 މިނެޓް ވަންދެން އަވަނަށް ލައި ފިހެލާށެވެ. 

6) ސޯސް ތައްޔާރު ކުރުމަށް، އެއަށް ބޭނުންވާ ހުރިހާ އެއްޗެއް ތަށްޓެއްގައި ރަނގަޅަށް އެކުލަވާލާށެވެ. ދެން ޗިކަން ވިންގްސް ފިހެވުމުން އެ ސޯސް ޗިކަން ވިންގްސް މައްޗަށް އަޅައި އޭގައި ރަނގަޅަށް އުނގުޅާލާށެވެ. 

7) އެއަށްފަހު މީރު ޑިޕިންގ ސޯސް އަކާއި އެކު ސާވް ކުރާށެވެ. 

ވިލާ މާޓުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ތަކެތި ފޯރު ކޮށްދީ، ހިތްހަމަޖެހުމާއިއެކު ވިޔަފާރި ކޮށްލެވޭނެ މަގު ފަހި ކޮށްދިނުމަށް ކަމަށް އެ ފިހާރައިން ބުނެއެވެ. އެގޮތުން ކަސްޓަމަރުންނަށް އެންމެ ފަސޭހައިން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި އެ ކުންފުނިން މިހާރު ވެބްސައިޓެއްވެސް ލޯންޗްކޮށްފައިވާކަމަށެވެ. އެ ވެބްސައިޓްގައި ވިލާ މާޓް އިން ލިބެން ހުންނަ ޕްރޮޑޮކްޓްތަކާއި ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުންނައިރު، ތަކެތި ގަނެގެން ވަގުތުން ފައިސާވެސް ދެއްކޭނެ ކަމަށްވެސް ވިލާ މާޓުން ބުނެފައިވެއެވެ. 

ވެބްސައިޓްގެ އިތުރުން ވިލާ މާޓްގެ ހާއްސަ އެޕް މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުންވެސް ލިބޭން ހުރި އިރު، މިއީ ގޭގައި ތިބެގެން ވިޔަފާރިކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަންވެސް ވިލާ މާޓުން ފާހަގަކުރެއެވެ.

ވިލާ މާޓުން ވިއްކާ ހުރިހާ ތަކެއްޗެއްވެސް މާލެ, ހުޅުމާލެ އަދި  ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.