ޕްރޮފެސަރު އުގެއިލް--
ހަބަރު
13 Aug 2023 | 18:56
ޕްރޮފެސަރު އުގެއިލްގެ ތާއީދު ގާސިމްގެ އިންޑިޔާ ސިޔާސަތަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް އިންޑިއާ އާއި މެދު ގެންގުޅުއްވާނެ ކަމަށް ވިދާޅުވި ސިޔާސަތަށް، ޕްރޮފެސަރު ހަސަން އުގެއިލް ތާއީދު ކުރައްވައިފިއެވެ. 

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ހޮނިހިރު ދުވަހުގެރޭ އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިޔާ އާއި މެދު ގެންގުޅުއްވާނެ ސިޔާސަތު ހާމަ ކުރައްވާފައެވެ. 

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޒަމާނުއްސުރެ އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެހެން ބަޔަކާ ހަވާލުކުރަން ނުޖެހޭ ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން އަންނަ ކަމަށާއި އެކަމަކު އެގައުމުގައި ވެސް "ބޯނެ ފެން ފޮދެއް ނެތިފައި" އެތައް މިލިއަން ބަޔަކު އެބަ ތިބި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން އެމީހުން [އިންޑިއާ] ތިބެގެން އަޅުގަނޑުމެންނަށް އަބަދާ އަބަދު ފޫވެއްޓިފައި އޮތް ފަޔަކަށް ފެންފުރާހެން އެކަންކަން ފުއްދައިދެވޭނެތޯ. ނުކޮށްދެވޭނެ ދެއްތޯ. ކިތަންމެ ލޯތްބެއް ވިޔަސް އަޅުގަނޑުމެންނާއި ކިތަންމެ ގާތް ގުޅުމެއް ބާއްވަން ބޭނުންވިޔަސް ތާއަބަދަކު އަޅައެއް ނުލެވޭނެ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އަބަދު މީހުންގެ ގައިގައި ލެނގިގެން ހުރުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ދިވެހިން ތެދުވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މައި ބުރަކަށީގައި ހުންނަންވާނެ އެ ބާރު، ނެތިއެއް އަޅުގަނޑުމެންނަކަށް ނޫޅެވޭނެ،" ކާބަފައިން ދެއްކެވި މިސާލަކީ އެއީ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެވާހަކަ އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އުގެއިލް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ ވިދާޅުވީ، އިންޑިއާއިންދޭ ލޯނުތަކަށް ތާއަބަދު ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލެވޭނެ ދުވަހެއްވެސް ދިވެހިން ހޯދަން ޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.