ޑރ މުއިއްޒު އިހަވަންދޫ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Aug 2023 | 09:12
އިހަވަންދޫ މަސްވެރިންނަށް ޑރ މުއިއްޒު ދެއްވީ އުފާވެރި މެސެޖެއް!

މި ސަރުކާރުގެ އިހުމާލުން ވަޅުޖެހިފައި އޮތް އިހަވަންދޫގެ މަސްވެރިކަން އަލުން ކޮޅަށް ޖަހާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ދޯނިފަހަރު ބަންނާނެ ތަނެއް މުހިންމު ކަމަށެވެ. އެކަމަށްޓަކައި އިހަވަންދޫ ކައިރީގައި އޮންނަ ދިގުފަރުގެ ބިން ހިއްކާ އިހަވަންދޫއާއި ގުޅާލާ، ސިނާއީ މަސައްކަތް ކުރާނެ ބިން އެރަށުގައި ކަނޑައަޅުއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"މިރަށާއި ކައިރީގައި އޮތް ދިގުފަރު ހިއްކާ، މިރަށުގެ ރައްޔިތުން އެދޭގޮތަށް، ސިނާއީ މަސައްކަތްކުރާ ބިން އެރަށުން އުފައްދާ އެ ދިގުފަރާއި މި ރަށާއި ގުޅުވާލަ ދޭނަން"

ޑރ މުހައްމަދު މުއިއްޒު 

އޭގެ އިތުރުން އިތުރުގައި އެކަށީގެންވާ ކޯލްޑް ސްޓޯރޭޖެއް ނެތުމަކީވެސް އުތުރުގެ މަސްވެރިންނަށް މި މަސައްކަތް ކުރުމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ.

އެހެންކަމުން އިހަވްނދޫގައި ކޯލްޑް ސްޓޯރޭޖެއް އަޅުއްވާދެއްވާނެ ކަމަށެވެ. އަދި އިހަވަންދޫގެ މަސްވެރިން ބޭނުންވާގޮތަށް ފިޝްކަލެކްޝަން ސެންޓަރެއް އެ ރަށުގައި އަޅުއްވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ޑރ މުއިއްޒު ވައުދުތައް ވިދާޅުވަމުން ދިޔަ ވަގުތު ސަޕޯޓަރުން ތަރުހީބު ދެނީ/ފޮޓޯ: ޕީޕީއެމް 

"ކޯލްޑް ސްޓޯރޭޖެއް މިރަށަށް ވަރަށް ބޮޑަށް ބޭނުންވޭ. އުތުރުގެ މިހިސާބަކު ނެތް މިކަމެއް، އެހެންވީމަ ފިޝް ކަލެކްޝަން ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ އުންމީދަކީ މި ރަށުގެ މަސްވެރިން ވަރަށް ބޮޑަށް އެދަމުންދާ ކަމެއް. އެކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލްކޮށްދޭނެ ކަމެއް"

ޑރ މުހައްމަދު މުއިއްޒު 

އޭގެ އިތުރުން އިހަވްނދޫގެ މަސްވެރިން ބޭނުންވާ ފިޝްކަލެކްޝަން ސެންޓަރެއް އިހަންދޫގައި ގާއިމްކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ އާ އައިސް ޕްލާންޓެއް ބަހައްޓާ ތެޔޮ ލިބޭނެ އިންތިޒާމުތައް ގާއިމްކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އިހަވަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން 

"އާ އައިސްޕްލާންޓެއް ބަހައްޓާ ތެޔޮލިބޭނެ ގޮތް ހަމަޖައްސާދިނުމަކީ ޒަރޫރީ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެކަމަކީ ޔަގީންކުރައްވާ އަޅުގަނޑުމެން ހާސިލްކޮށްދޭނެ ކަމެއް"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒުވަނީ އެމަނިކުފާނަށް އިތުބާރުކުރެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ. މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސް ޔާމިނުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަންވާ ކަންކަން ފުއްދަވާދެއްވާނެ ކަމަށެވެ. 

އިހަވަންދޫއަށް ޑރ މުއިއްޒު މިރޭ ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެރަށަށް ވަޑައިގެން ބޮޑު ޖަލްސާއެއް ބާއްވާފައިވާއިރު، ޑރ މުއިއްޒުވަނީ އިހަވަންދޫގައި ރަސްމީކޮށް ކެމްޕޭނު ޖަގަހަ ހުޅުވާދެއްވާ، ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވާ އިހަވަންދޫއަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހޯއްދަވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.