ދިއްދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Aug 2023 | 09:01
ދިއްދޫ ތަރައްގީކުރާނެ ގޮތް ޑރ މުއިއްޒު ރައްޔިތުންނަށް ކިޔައިދެއްވައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހއ ދިއްދޫގައި ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގާ އެ ރަށް ތަރައްގީކުރާނެ ގޮތް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެދެއްވައިފި އެވެ. 

ޑރ މުއިއްޒު ތިލަދުންމައްޗަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ ދިއްދޫއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނު ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މިރޭ އެ ރަށުގައި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާއެއް ބާއްވާފައިވާއިރު، ޑރ މުއިއްޒު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ދިއްދޫގައި ކުރިއަށް ގެންދާނެ މުހިންމު މަޝްރޫއުތައް އިއުލާނުކުރައްވާފަ އެވެ. 

"ދިއްދޫ ބިން ހިއްކާ އެއާޕޯޓު އަޅާނަން"

ޑރ މުއިއްޒު ވިދާޅުވީ ދިއްދޫގައި އެއާޕޯޓު އަޅާނެ ވާހަކައަކީ ވަރަށް ގަދައަށް ދެކެވޭ ވާހަކައެއް ކަމަށެވެ. އެކަމަށްޓަކައި ބިން ހިއްކަން ޖެހޭ ކަމަށާއި، ރައީސް ޔާމިނުގެ ސަރުކާރުން ވާނީ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ދިއްދޫގައި ބިން ހިއްކާ އެއާޕޯޓު އަޅާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސަރުކާރުގައި ކަމަށެވެ. އަދި އެކަން ކުރައްވާނީ ފަސޭހަކަމާއި އެކުގައި ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓު މަޝްރޫއާއި ގުޅޭގޮތުން ޑރ މުއިއްޒު އިތުރަށް ވިދާޅުވީ އެއާޕޯޓާއެކު ދަތުރުފަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެން ދިއުމާއެކު ދިއްދޫގައި ގިނަ ވަޒީފާތަކެއް ވެސް އުފެދިގެންދާނެ ކަމަށެވެ. އަދި އެއީ ދިއްދޫގެ ޒުވާނުންނަށް ޚާއްސަވެގެންދާނެ ވަޒީފާތަކަކަށް ވެގެންދާނެ ކަމަށެވެ. 

ދިއްދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގެ ތެރެއިން

"ދިއްދޫ ހޮސްޕިޓަލު އަޕްގްރޭޑުކޮށް ޚިދުމަތްތައް ފުޅާކުރާނަން"

ޑރ މުއިއްޒު ވިދާޅުވީ ދިއްދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ދިއްދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް މި ސަރުކާރުން ވައުދުވެވަޑައިގެން ނަމަވެސް، މިހާތަނަށް އެ ހޮސްޕިޓަލުގެ މަސައްކަތް ފަށާފައި ނުވާއިރު، ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ދިއްދޫއަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ފުޅާކޮށް، އެ ރަށު ހޮސްޕިޓަލަކީ ކައިރި ސަރަހައްދުތަކުން އަންނަ މީހުންނަށް ވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަޔް ލިބޭނެ ހޮސްޕިޓަލަކަށް ހައްދަވާދެއްވާނެ ކަމަށެވެ. 

"ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން"

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިޔާސަތުތަކަށް އަލިއަޅުވާލައްވާ ޑރ މުއިއްޒު ވިދާޅުވީ، އެ ކޯލިޝަނުން އެންމެ އިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެ ސިޔާސަތުގެ ދަށުން ދިއްދޫ ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"ޒުވާނުން އެދޭ ޒަމާނީ ފުޓުބޯޅަ ދަނޑު އަޅައިދޭނަން"

ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ޒުވާނުންނަށް ޚާއްސަ ކަންތަކެއް ފާހަގަކޮށް، އެކަންކަން ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ދިއްދޫގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅިގެން ދިއުމަކީ ދިއްދޫ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެހެންކަމުން، އެކަން ކޮށްދެއްވާނެ ކަމަށާއި، އޭގެ އިތުރުންވެސް ދިއްދޫގައި ރައީސް ޔާމީނުގެ ޒައާމަތުގައި ޤާއިމްކޮށްދެއްވި ސްޕޯޓްސް އެރީނާގެ އާބާތުރަ ފިއްލަވާ، އެތަނުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ދިއްދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގެ ތެރެއިން

"ދިއްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނަން"

ހަމައެއާއެކު ޑރ މުއިއްޒު ވިދާޅުވީ ދިއްދޫގެ މަގުތައް ހަދާ ވާހަކަ މި ސަރުކާރުން ދައްކަމުން ދިޔަ ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ނުވާކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުން އަންނަ ކަމަށެވެ. މި ސަރުކާރުން މަގުހަދާ ސްޕީޑާއި، ފެންވަރު މާލޭގައި ހަދާ އަމީނީ މަގަށް ބަލާލުމުން ވެސް ސާފުވެގެންދާނެކަމަށް އިޝާރާތްކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ދިއްދޫގައި ޒަމާނީ ފެންވަރަށް މަގުތައް ހަދާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކަމަށެވެ.

އެ ކޯލިޝަނަނީ މަގުހެދުމުގެ ތަޖުރިބާ ހުރި، އަދި ތާރު އަޅައިގެން މަގުތައް ހެދުމުގެ ތާރީހެއް އޮތް ކޯލިޝަނެއް ކަމަށާއި، އެކަން ކުރައްވާނެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާކަން ޑރ މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ދިއްދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގެ ތެރެއިން

އެކަންކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ދިއްދޫ ތަރައްގީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ރަަށްރަށުގެ ތަރައްގީއަކީ ރައްޔިތުންގެ ހައްޤެއްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެ ތަރައްގީ ގެންނަން ވާނީ ރަށްޔިތުންގެ ވިންދާއި އެއްގޮތަކަށް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.