ރައީސް ޞާލިހު އާއި މާރިޔާ--
ހަބަރު
15 Aug 2023 | 12:23
ރައީސް ޞާލިހު، ކޮންމެ ރަށަކަށް ވެސް ދެތިން ފަހަރު ވަޑައިގެންފައިވޭ: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެތިން ފަހަރު ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ކެންޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިތުރުފުޅު ހައްދަވައިފިއެވެ. 

ރައީސް ޞާލިހު ގެ ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މާރިޔާ ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް، ޚާއްސަކޮށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން، މާރިޔާގެ ވާހަކަ ބޮޑަށް އަމާޒުކުރައްވާފައިވަނީ ޑރ. މުޢިއްޒު ރަށްރަށަށް ވަޑައިގެން ވެވަޑައިގަންނަވަމުންދާ ވަޢުދު ތަކާއި، ކުދި ރަށްރަށުގެ އިތުރުން ބޮޑެތި ރަށްރަށަށްވެސް ކަންކަން ކޮށްދެއްވާނެ ކަމަށް ވެވަޑައިގަންނަވަމުންދާ ވަޢުދު ތަކަށް މާރިޔާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި މުޢިއްޒު ވަޢުދުވެވަޑައިގަންނަވުމުންދަނީ ރައްޔިތުން ބޭނުންވާ ކަންކަން ބެއްލެވުމެއްވެސް ނެތިކަމަށާ އެހެން ނަމަވެސް އެމްޑީޕީން ކެންޕެއިން ކުރަނީ ރައްޔިތުންނާއި ވަރަށް ގާތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން މި ކެންޕެއިން މި ގެންދަނީ އަބަދުވެސް އެމްޑީޕީ ގެންދާގޮތަށް. ރައްޔިތުންނާ ވާހަކަދައްކައި، ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުން ބޭނުންވާ ކަންކަން ކޮށް، ރައްޔިތުންގެ ތެރެއިން ނުކުންނަ މެނިފެސްޓޯ ހިފައިގެން. 

މާރިޔާ އަހުމަދު ދީދީ 

މިއާއެކު މާރިޔާ ވަނީ ރައީސް ޞާލިހަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދެތިން ފަހަރު ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވަމުން، ޑރ މުޢިއްޒު އަކީ ޕީއެންސީ އަދި ދިވެހިރާއްޖޭގެ ދީނީ ޖަމިއްޔާއެއް ކަމަށްވާ، ޖަމިއްޔަތުއް ސަލަފް ގެ ކެންޑިޑޭޓެއް ކަމަށް ވިދާޅުވެފައެވެ. 

ރައީސް ޞާލިހު، ހަމަގައިމުވެސް ކޮންމެ ރަށަކަށްވެސް، އެންމެ މަދުވެގެން ދެތިންފަހަރު ވަޑައިގެންފައިވޭ. އެކަމަކު މޫދު ކަނޑު އެކަހަލަ ކަންކަމަށްވެސް ވަރަށް ނުފަރިތަ ބޭފުޅެއް، ޕީއެންސީ/ސަލަފުގެ ކެންޑިޑޭޓަކީ. 

މާރިޔާ އަހުމަދު ދީދީ 

ރައީސް ޞާލިހު ރާއްޖޭގެ ހުރިހާ ރަށަކަށް ދެތިން ފަހަރު ވަޑައިގެންފައިވާ ކަމަށް މާރިޔާ ވިދާޅުވާއިރު، އެމަނިކުފާނުގެ މި ދައުރު ނިމިގެންދާއިރު، އެންމެ ފަހަރަކުވެސް ވަޑައިނުގަންނަވާ އާބާދީ ބޮޑެތި ރަށްތައްވެސް އަދި ކުދި ރަށްތައްވެސް ހުރިކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.