ރައީސް ޞާލިހްއާއި ފެނަކަ އެމްޑީ ސައީދު
ރިޕޯޓް
06 Sep 2023 | 15:25
ފެނަކައި ދަރަނި: ސަތޭކަ ކުންފުނި ބަނގުރޫޓުވެ، 5000 މުވަޒަފުން މަގުމަތިވުމާ ގާތައް

ސަރުކާރާއި ސަރުކާރު މަޖިލިސް މެންބަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅަމުންދާ ފެނަކަ އިންޖީނުގެތައް ސިފަކުރަމުން ދަނީ "ތާޖް މަހަލް" ތަކެއްގެ ގޮތުގައެވެ. މިއޮތީ ކެންޕެއިން އަހަރެވެ. ތެދެކެވެ. ފެނަކާގެ ނަލަ ނަލަ އިމާރާތްތަކުން ސޯޝަލް މީޑީއާގައި ދައުރުވާ ޗާލު ބިލްޑިންގތައް އެހާމެ ޗާލެވެ.

ފެނަކަ ކުންފުނީގެ ބޭނުމަކީ ރާއްޖޭގެ ރަށްތަކުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމެވެ. އެ ވަސީލަތްތައް ޤާއިމްކޮށް ހިދުމަތްތައް ރައްޔިތުންނަށް ދިނުމެެވެ. އަދި އެކުންފުނިން ދަނީ މިދެންނެވި ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

ހަމައެއާއެކު އެކުންފުނި ފާހަގަކުރެވިފައިވަނީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައެވެ. ނުހުއްޓި ހިނގާ ކޮރަޕްޝަންގެ އިންޖީނެއްގެގޮތުގައެވެ.

ފެނަކައިގެ ރީތި ޒަމާނީ އިންޖީނުގެތަކުގެ ވާހަކަ ދައްކާއިރު، ނުދައްކާ އެންމެ ބޮޑު ވާހަކައަކީ ފެނަކައިގެ ބޮޑު ކޮރަޕްޝަންތަކުގެ ވާހަކައެވެ. އެ އިންޖީނުގެތައް އެޅި ކޮންޓްރެކްޓަރުންނަށް ފެނަކައިން ދީފައިވާ އަގު ނުކުރެވޭވަރުގެ ގެއްލުމުގެ ވާހަކައެވެ. އިންޖީނުގެތަކަށް ސަޕްލައިކުރި ކުންފުނިތަކަށް ލާރި ނުދެއްކުމުގެ ސަބަބުން ބަނގުރޫޓުވި އެތައްކުންފުނިތަކެއްގެ ވާހަކައެވެ. އަދި އެކުންފުނިތަކާއި ގުޅުންހުރި މުވަޒަފުން މަގުމަތިވިކަމުގެ ވާހަކައެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވިއްސަކަށް ދުވަހަށް ކުޑަތަންވެފައިވާއިރު، އަޅުގަނޑުމެންނަށް މިފެންނަ އިންޖީނުގެތައް އެޅި، އަދި ތަކެތި ސަޕްލައިކޮށްދިން 100 އެއްހާ ކުންފުނި ބަނގުރޫޓޫވުމުގެ މަގުމަތީގައެވެ. އެކުންފުނިތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ ފެނަކައިން ނުދައްކާ އޮތުމުން ލިބިފައިވާ ގެއްލުންތަކެވެ.

ނަމަވެސް ފެނަކައިން ވޭތުވިދިޔަ ދެހަފްތާގަވެސް އެ ކޮންޓްރެކްޓަރުން އަޅާފައިވާ އެތަކެއް އިންޖީނުގެއެއް ރިބަން ވަނީ ކުލަގަދަ ރަސްމީޔާތާއެކު ކަނޑާފައެވެ. 

ފެނަކައިން ލާރި ނުދިނުމުގެ ސަބަބުން 100 އެއްހާ ކުންފުނި ބަނގުރޫޓުވުމާއި ގާތައް

ފެނަކައިން 100 އަށްވުރެ ގިނަ ކުންފުނިތަކަށް ދައްކަންޖެހޭ 800 މިލިއަނަށްވުރެ ގިނަ ރުފިޔާއޮތްކަމަށް ފެނަކައިގެ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ދާދި އިހަކަށްދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ވަނީ މައުލޫމާތުމާތު ހިއްސާކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނިތަކުން ވާހަކަ ދެއްކި ފަރާތްތަކުން ބުނިގޮތުގައި މިހާރު ކުންފުނިތައް ބަނގުރޫޓުވުމާއިވަނީ ގާތްވެފައެވެ. ފެނަކައިގެ އާންމު އުސޫލަކީ 130 ދުވަސް ތެރޭ ސަޕްލަޔަރުންނާއި ކުންފުނިތަކަށް ފައިސާ ދައްކާ ހަލާސްކުރުމެވެ. ނަމަވެސް ބައެއް ކުންފުނިތަކަށް 300 ދުވަސް ފަހަނަޅާގޮސްފައިވާއިރުވެސް މަސައްކަތުގެ ފައިސާ ވަނީ ނުދައްކައެވެ. އެހެންކަމުން ކުންފުނިތަކުގައި މަސައްކަތްކުރާ 5000 އެއްހާ މުވަޒަފުންނަށް މުސާރަ ނުދެވިފައިވާކަން މި ބައްދަލުވުމުގައި މައުލޫމާތު ދީފައިވެއެވެ. 100 މުވަޒަފުންގެ ކުންފުނިތައް 10 މުވަޒަފުންނަށް ކުޑަކުރަން މަޖުބޫވެފައިވާކަމަށާއި، މުވަޒަފުންނަށް ޕެންޝަން ދެއްކޭނެތޮތްވެސް ނުވާކަމަށް ކުންފުނިތަކުގެ ވެރިން މައުލޫމާތު ދީފައިވެއެވެ. ކުންފުނީގެ ދަރަނި ދެއްކުމަށް ކުންފުނިތަކުގެ އަނގުބޮޑު މުދާ ވިއްކާފައިވާކަމަށާއި، އަދި ބައެއް ކުންފުނީގެ މުވަޒަފުންގެ މުސާރަ ނުދެވިހުރުމުން އެ މުވަަޒަފުން ވަނީ ކުންފުނިތަކުގެ ތަކެތި ވިއްކާލާފައިކަމަށްވެސް މައުލޫމާތު ދީފައިވއެވެ.

ކުންފުނިތަކުގެ ކޭޝްފްލޯ ހުސްވުމުގެ ސަބަބުން އިތުރު ޕްރޮޖެކްޓްތައް ނެގޭނެ މަގުވެސް ބަންދުވެފައިވާކަމަށް ކުންފުނިތަކުން މައުލޫމާތު ދީފައިވެއެވެ. 

ފެނަކައަށް ސަޕްލައިކުރުމާއި ކޮންޓެރެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ބައެއްކުންފުނިތައް އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސަރުކާރުގެ ކުންފުނިން ފައިސާ ނުދެއްކުމުގެ ސަބަބުން ސަރުކާރުގެ އެހެން އިދާރާތަކުން ކުރިމަތިލާން ޖެހިފައިވާ ދަތިތައްވެސް ހިއްސާކޮށްފައެވެ.

އެގޮތުން މީރާށް ދައްކަން ޖެހޭ ފައިސާ ނުދެއްކިއޮތުމުން ޓެކްސް ކްލިއަރެންސް ރިޕޯޓް ނުލިބޭ މައްސަލަ ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ސަރުކާރުގެ އިތުރު އެއްވެސް ޕްރޮޖެކްޓަކަށް މިކުންފުނިތަކައް ބިޑުނުކުރެވޭކަން ކުންފުނިތަކުން ފާހަގަކޮށްފައިވެއެވެ.

މީގެ އިރުތުން ކޮންޓްރެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކުންފުނިތަކުން ސަޕްލަޔަރުންއަތުން ނަގާފައިވާ ތަކެއްޗައް ފައިސާ ނުދެއްކުމުގެ ސަބަބުން ގިނައަދަދެއްގެ ޖޫރިމަނާ އަރަމުންއަންނަކަން ފާހަގަކޮށްފައިވެއެވެ. 

މިފަދަ އެތަކެއް މައްސަަލައަކާއި ކޯޓުތަކުގައި މިފަދަ ކުންފުނިތަކާއި ގުޅިގެން ހިނގާ ކޯޓުކޭސްތަކުގެ ބަދަލު ދޭންޖެހި، އެފައިސާވެސް ނުދެއްކި މަތިމައްޗައް ޖޫރިމަނާ އަރަމުންއަންނަކަން އެކުންފުނިތަކުން ފާހަގަކޮށްފައިވެއެވެ. އަދި ބައެއްކުންފުނިތަކުގެ މުވަޒަފުން މުސާރައިގެ މައްސަލަތަކުގައި ޓްރައިބިއުނަލްއަށް ދިޔުމުގެ ސަބަބުން މުވަޒަފުންނަށްވެސް ބަދަލުގެގޮތުގައި ވެސް ހާހުން މިކުންފުނިތަކަށް ފައިސާދައްކަން ޖެހިފައިވާކަން ވަނީ ހާމަކޮށްފައެވެ.

މިހުރިހާ ދަތިތަކާއިއެކު މި މައްސަލަ ކޯޓައް ވެއްދުމަށް ކުރާ ޤާނޫނީ މައްސަކަތައްކުރާ ހަރަދު ތިންގުނަ އިތުރުވެފައިވާކަމަށް ކުންފުނިތަކުން ބުނެފައިވާއިރު މިއީ އިންސާފު ހޯދައި ކުރި މައްސައްކަތުގެ އަގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތައް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުން ފާހަގަކުރެވުނު އެއްކަމަކީ ފެނަކާގެ މި މަޅީގައި ޖެހިފައިވަނީ ނޫކަށިފުރައިގެ ޒުވާނުން އެތަކެއް އުންމީދަކާއެކު އުފައްދާ ހިންގަމުން އަންނަ ކުންފުނިތަކައްކަމެވެ. މި ބައްދަލުވުމުގައިވެސް އެކަން އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ކުދި އަދި މެދުފަންތީގެ މި ވިޔަފާރިތަކައް ފެނަކާއިން ފައިސާ ނުދެއްކުމުގެ ސަބަބުން މިވަނީ އެތަކެއް މާޔޫސްކަމަކާއި ކުރިމަތިލާންޖެހިފައެވެ.

ކޮމެންޓް
ސޭޑު
ބަގުރޫތު ވި ކުންފުނިތަކުގެ ނަންތަށް ބޭނުން.ހަމަ ވަކި ކަމެއް ވިޔޭ ކިޔައިގެން ކޮންމެ ފަހަރަކު ވެރިކަން ބަދަލުކު ކުރަނީ.ބަލާއިރު އެއްކަމެއް ވެސް ނުފެނޭ.
22 Sep 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.