ގާސިމް މަކުނުދޫއަށް ވަޑައިގެންނެވުން-- ފޮޓޯ/ޖޭޕީ
ހަބަރު
18 Aug 2023 | 13:43
ގާސިމާއި، ކެންޕެއިން ޓީމަށް މަކުނުދޫއިން ހޫނު މަރުހަބާއެއް!

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކެންޕެއިނަށް ހދ. މަކުނުދޫއަށް ވަޑައިގެންނެވުމުން އެރަށުން، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް ގާސިމަށް މަކުނުދޫއަށް ވަޑައިގެންނެވުނީ މިއަދު ހެނދުނު ގާތްގަނޑަށް 10:10 ކަން ހާއިރުއެވެ. 

ގާސިމް މަކުނުދޫއަށް ވަޑައިގެންނެވުން-- ފޮޓޯ/ޖޭޕީ

ގާސިމް އަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ދިދަ ތަށް ބަނދަރުގައި ދަމާލެވިފައިވާއިރު، އެ ޕާޓީގެ ކުލަ, ރަތް ކުލައިގެ ހެދުމުގައި މަކުނުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. އެމީހުންނާއި ގާސިމް އާއި ޓީމުގެ ބޭފުޅުން ވަނީ ސަލާމްކުރައްވާފައެވެ.  

ރިޔާސީ ކެންޕެއިނަށް ބޮޑުތިލަދުންމައްޗަށް ފެއްޓެވި މި ދަތުރުފުޅުގައި ޤާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަކުނުދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.

ގާސިމް މަކުނުދޫއަށް ވަޑައިގެންނެވުން-- ފޮޓޯ/ޖޭޕީ

ހދ. އަށްފަހު ދެން ޤާސިމް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅަށެވެ. ށ.އަތޮޅުން  

ކަނޑިތީމާއި ގޮއިދު އާއި ކޮމަންޑު އާއި ފުނަދު އާއި މިލަންދޫ އަދި ފޯކައިދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޖޭޕީ އިން މަޢުލޫމާތު ދެއްވި އެޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ދުވަސްކޮޅު މަދުވެފައި ވީ ނަމަވެސް ޖޭޕީގެ ކެންޑިޑޭޓާއި ރަނިންގމޭޓު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ވަޑައިގަންނަވާނެ ކަމަށެވެ. ބައެއް ރަށްރަށަށް ދެބޭފުޅުން އެކުގައިވެސް ވަޑައިގަންނަވާނެ ކަމަށް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ޢަލީ ޞާލިޙް ވިދާޅުވީ ޤާސިމް ބައެއް ރަށްރަށުގައި ރައްޔިތުންނާއި ބައްދަލު ކުރައްވާނީ ޖަލްސާ ތަކުން ކަމަށާއި އަދި ބައެއް ރަސް ރަށުން ގޭގެއަށް ގޮސްވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.