ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް--
ހަބަރު
18 Aug 2023 | 16:24
މިފަހަރު ހުރީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ގަސްތުކޮށްގެނެއް ނޫން: ގާސިމް

އެކި ސަބަބުތަކާއި ހުރެ، އެންމެ ކުރިން ގަސްތުކޮށްގެން ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ކަމަށް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ބޮޑު ތިލަދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަމަށް ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ކުރިން ނިންމަވައިގެން ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ކަމަށެވެ.

"އަޅުގަނޑު ހުރީކީ މިފަހަރު ކޮންމެހެން ރިޔާސީ އިންތިހާބުގައި ވާދަކުރާކަށް ނޫން. އެއީ ކީއްވެގެންތޯ؟ (އެއީ) އެތައް ސަބަބުތަކަކާ ހެދި. އެ ސަބަބު ތަކުގެ ތެރެއަށް ދާކަށް އަޅުގަނޑު ގަސްތެއް ނުކުރަން."

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ، އެންމެ ފަހުވަގުތުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓެއް ނެރެން ޖެހުނީ، އެޕާޓީގެ ކޮންގްރެސް ގައި 900 އަށްވުރެ ގިނަ މެންބަރުން އެ ނިންމުން ނިންމައި އެގޮތަށް ވޯޓު ދެއްވުމުން ކަމަށެވެ. އަދި ޕާޓީގެ ލީޑަރު ގެ ހައިސިއްޔަތުން އެ އެންމެހައި މެންބަރުން އެފަދައިން ނިންމުމުން އެ ނިންމުމާއި ދެކޮޅު ހެދެން ނެތް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކަށް ވޯޓު ލާއިރު، އެމީހަކު ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން އެމީހަކު ވެރިކަމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތަކަށްވުރެ، އަމިއްލަ ހައިސިއްޔަތުން ކޮށްދީފައިވާ ޚިދުމަތްތަކަށް ބެލުން މުހިންމު ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެން، ވެރިމީހާ ކޮށްދޭ ޚިދުމަތަކީ އިޚްލާޞްތެރި ކަމެއް އޮވެގެން ކޮށްދޭ ޚިދުމަތެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ، ގާނޫނު އަސާސީގެ ދަށުން، ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް އެމީހަކަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކޮށްދޭ ޚިދުމަތް ކަަމަށެވެ. 

އެހެންކަމުން، އެ މަގާމު ނުލިބެނީސް މީހަކު ކޮށްދީފައިވާ ޚިދުމަތައް ބަލައި ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.