ޖޭޕީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް
ހަބަރު
18 Aug 2023 | 21:40
ްޤާސިމްގެ ވެރިކަމެއްގައި އީކޯ ސިޓީއެއް ގާއިމްކުރަނީ

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާކަމަށް ސައިންސްވެރިންގެ ދިރާސާތަކުގެ ދައްކާތީ އެކަމުގެ ނުރައްކާ މާލެއަށް ބޮޑުވުމުގެ ސަބަބުން އެކަމުން ރައްކާތެރިވުމުގެ ގޮތުން އީކޯ ސިޓީގެ ނަމުގައި މާލެކައިރީގައި ސިޓީއެއް ގާއިމް ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. 

މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމް އިބްރާހިމް އިއުލާނު ކުރެއްވަމުން ގެންދަވާ މެނިފެސްޓޯގެ ތެރެއިން ކަށަވަރު ބޯހިޔާވަހިކަމާއި ސްމާޓް ރާއްޖެއާއި، ދެމެހެއްޓެނިވި ތިމާވެއްޓާއި އިގްތިސާދީ ސިޔާސަތުގެ ދަށުން ތަރައްގީ ކުރާ މި އީކޯ ސިޓީއަކީ މާލެއާއި 9 ކިލޯމީޓަރު ދުރުގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން ބިނާކުރާ ސިޓީއެކެވެ. 

1400 ހެކްޓަރުގެ މި ފާޅު ހިއްކަނި ދިޔަވަރު ބޮޑުވާއިރު ހުންނަ މިނަށްވުރެ މަރުވެގެން  2 މީޓަރު އުސްކޮށް، ރަށް ރައްކާތެރި ކުރުމަށްޓަކައި ވަށައިގެން ބްރޭކްވޯޓާ ގާއިމްކުރެވިގެންނެވެ. 

މީގެ އިތުރުން 5 އަހަރު ދުވަހުގެ ތެރޭގައި މި ސިޓީގައި ތަފާތު ފެންވަރުގެ 10،000 ރެސިޑެންޝަލް ޔުނިޓް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، މި ސިޓީ ގާއިމް ކުރެވިގެން ދާނީ ކުރިމަގުގައި 30,000ށް ވުރެ ގިނަ ހައުސިން ޔުނިޓް ގާއިމް ކުރެވޭނެ ގޮތަށް ގަމުގައި އެ މެނިފެސްޓޯގައި ވެއެވެ. 

އަދި މުސްތަގުބަލުގައި އެ ސިޓީގައި ޕާކުތަކާއި އަދި އެންޓަރޓައިނިންގް ސެންޓަރުތަކާއި ބިޒްނަސް ސެންޓަރުތަކުގެ އިތުރުން ޝޮޕިންގް މޯލް ތަކާއި ، ކޮންވެންޝަން ސެންޓަރުތަކާއި ސްޕޯޓްސް އެރީނާ ތަކާއި، ގެސްޓް ހައުސް ތަކާއިއެކު ރައްޔިތުންނަށް ބޭނުންވާނެ އެކި ފެންވަރުގެ ވަސީލަތްތައް ގާއިމް ކުރެވިގެން ދާނެ ކަމުގައި ޖޭޕީގެ އީކޯ ސިޓީ މެނިފެސްޓޯގައިވެއެވެ. 

ތިންވަނަ ފަހަތަރަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް އަންނީ ވެރިކަމަށް ވަޑައިގެން ކޮށްދެއްވުމަށް ގިނަ އަދަދެއްގެ ވައުދުތަކެއް ވެ ވަޑައިގަންނަވަމުންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.