ޤާސިމް އިބްރާހިމް
ހަބަރު
19 Aug 2023 | 15:54
ނުބައި މީހަކަށް ވޯޓު ދެވިއްޖެނަމަ މިނިވަންކަމާ މެދު ޔަގީންކަަމެއް ނެތް: ޤާސިމް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ނުބައި ކެންޑިޑޭޓަކަށް ވޯޓު ދެވިއްޖެނަމަ، އަދި ވެރިކަމަށް ގެނެވޭ މީހެއްގެ ގޮތުން ރާއްޖޭގެ މިނިވަންކަމާއި މެދު އެއްވެސް ޔަގީންކަމެއް ނެތްކަމުގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރަނިންމޭޓާއި ކެމްޕެއިން ޓީމާއެކު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރޭގެ ޖަލްސާގައި ޤާސިމް ވަނީ ދިވެހިރާއްޖެ ސިފައިންނަށް ނުވާދެވޭ ތަންތަން ރާއްޖޭގައި ހުރިކަމަށް ގަބޫލުކުރަންތޯ ޖަލްސާގެ ބައިވެރިންނާއި މުހާތަބު ކުރައްވައި އައްސަވައިފައެވެ. 

އަޅެ ތިޔަބޭފުޅުން ޤަބޫލުކުރައްވަންތޯ ރާއްޖޭގެ ސިފައިންނަށް ނުވަދެވޭ ތަންތަން ރާއްޖޭގައި ހުރިކަމަށް؟ ޤަބޫލު ކުރަންވަން؟ 

ޤާސިމް ޖަލްސާގެ ބައިވެރިންނާއި މުހާތަބު ކުރައްވައި އެއްސެވިއެވެ. 

މީގެ އިތުރުން ޤާސިމް ވިދާޅުވީ ޤައުމެއްގެ މަގުމަތީގައި ޚާއިނުން އެއްވެސް ފިކުރެއް ނެތި ހިނގާ ބިނގާވެ އުޅެންޏާ އެކަމުގެ ފަހަތުގައި ވަނީ ދެކަމެއް ކަމަށާއި އޭގެ އެއް ސަބަބަކީ އެގައުމެއްގެ ވެރިކަން ކުރަން ތިބި މީހުންނަކީ ކޮރަޕްޓްވެ ހަލާކުވެފައި ތިބި މީހުންނަށް ވުން ކަމަށާއި އަނެއް ސަބަބަކީ އެ ގައުމެއްގެ ރައްޔިތުންނަކީ ވިސްނަން ނޭނގޭ ގަބު ގަމާރު ބަޔަކަށް ވުން ކަމުގައި ވިދާޅުވެފައެވެ. 

މިވާހަކައާއި ވިދިގެން ޤާސިމް ވިދާޅުވީ، މި ގައުމުގެ ދިވެހިންނަކީ ގަބު ގަމާރު ބައެއްކަމަށް ދެކިނުލައްވާ ކަމަށާއި، ކަންކަމާއި މެދު ފިޔަވަޅު އެޅުއްވުމަށް ޤާސިމް ވަނީ ގޮވާލާފައެވެ. 

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާ ދެކޮޅަށް ޤާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ޓީމުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

އަދި ޤާސިމްގެ ވެރިކަމެއްގައި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރައްވާނެ ކަމަށާއި އެ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާ އެއްވެސް ކަމެއް ވާނަމަ އެ އެއްބަސްވުން އުވާލައްވާނެ ކަމުގެ ޔަގީންކަން ގާސިމް އިބްރާހިމް ގެ އިންތިޚާބީ މަންދޫބު އަލީ ވަހީދުވެސް ވަނީ ދެއްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.