ހަބަރު
20 Aug 2023 | 11:50
އަޅުގަނޑު ކުރިމަތިލައިގެން މިއުޅެނީ ރައީސް ކަން ބޭނުންވެގެނެއް ނޫން، ޤައުމުގެ މުސްތަޤްބަލަށްޓަކައި: ޤާސިމް

އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ މަގާމު ނުވަތަ އެހެންވެސް މަޤާމެއް ބޭނުންފުޅުވެގެން ނޫން ކަމަށާއި ކުރިމަތި ލައްވައިގެން އުޅުއްވަނީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ރޭ ށ މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަވާފަ ތިބި ކެންޑިޑޭޓުން ކުރިމަތި ލެއްވެވީ ކޮން މަޤްސަދެއްގައި ކަން އެނގިލައްވާނީ އެބޭފުޅުންނަށް ކަމަށެވެ.

"ހަމަގައިމުވެސް އަޅުގަނޑު ކުރިމަތިލައިގެން މިއުޅެނީ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލައިގެން އެކަން ހޯދުމުގެ އެދުންވެރިކަމާއި ޝައުޤުވެރިކަން އޮވެގެނެއް ނޫން" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާ އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވަނީ މިޤައުމުގެ މުސްތަޤްބަލް އުޖާލާކޮށް ދިވެހިރައްޔިތުންގެ ތަނަވަސްކަމާއި ދުޅަހެޔޮކަން އިތުރުކޮށް، ތަޢުލީމީ އަދި އަޚްލާޤީ ގޮތުން އަދި ހުރިހާ ސިފައެއްގައިވެސް ދުނިޔޭގެ އެހެން ޤައުމުތަކާއި ފައިހަމަކުރެވޭ ވަރުގެ ޤައުމެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

ޤާސިމް ވިދާޅުވީ ދިވެހި ޤައުމުގެ މިނިވަން އޮތީ ދިވެހިންގެ އަތްމަތީގައިތޯ ބުނެ ކުރެވޭ ސުވާލުގެ ޖަވާބު އެބަ ހޯދަން ޖެހޭކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ރާއްޖޭގެ ޤާނޫނާއި ޤާނޫނުއަސާސީ  އާއި ޚިލާފު އެތައް ކަމެއް ވަނީ ކުރައްވައިފައި ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލެއްވީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ކަމަށެވެ.

ށ އަތޮޅަށް ޤާސިމް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ޤާސިމްގެ ޓީމުން ވަނީ ށ ފުނަދުއަށް ވަޑައިގެންފައެވެ.

ކޮމެންޓް
މޮހޮރު
ތިކަން ގަބޫލުކުރާނެ ދިވެއްސަކުނެއް ވަރައްސަލާމް
20 Aug 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.