އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ--ފޮޓޯ/ ދެން
ހަބަރު
20 Aug 2023 | 13:03
އަނިޔާވެރިވެ، އެހެން ޕާޓީތަކުގެ ކެންޕެއިނަށް ހުރަސް އަޅަން އެމްޑީޕީން ވާގިވެރިއެއް ނުވާނެ: މާރިޔާ

އަނިޔާވެރިވެ، އެހެން ޕާޓީތަކުގެ ކެންޕެއިނަށް ހުރަސް އަޅަން އެމްޑީޕީގެ ލީޑާޝިޕުން ވާގިވެރިއެއް ނުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ކެންޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. 

އިއްޔެ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް އެމްޑީޕީ ސަޕޯޓަރުން ނުކުމެ ޕީޕީއެމް ސަޕޯޓަރުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވެއެވެ. 

ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ގަޔަށް ބޮލަށް އަރާ ހިސާބަށް ދިޔައިރުވެސް، އެރަށުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ ވަރަށް މަދު ފުލުހުން ކަން ފާހަގަކޮށްލަންޖެހެއެވެ. 

އެ ކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު، އިމްތިޔާޒު ފަހުމީ ވަނީ މި ސަރުކާރުން އެހެން ޕާޓީތަކުގެ ކެންޕެއިނަށް ހުރަސް އަޅަމުންދާ ކަމަށާ، ހުރިހާ ޕާޓީތަކަށް ވެސް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. 

އެކަން ފާހަގަކޮށް، މިއަދު ރައީސް ޞާލިހުގެ ތަރުޖަމާނުގެ ފަރާތުން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ, ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެނަށްވެސް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއް ފަހި ކޮށްދެއްވުމަށް ކަމަށެވެ. 

އަޅުގަނޑުމެންގެ ކެންޕެއިން ޓީމުތަކުން، އަނިޔާވެރި ހުރަސް އެޅުމަކަށް އަޅުގަނޑުމެންގެ ލީޑާޝިޕުން ވާގިވެރިއެއް ނުވާނެ. އަބަދުވެސް އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ބޭފުޅުންނަށްވެސް ކެންޕެއިން ކުރުމަށް ޖާގަ ދިނުމަށް. މިހާރުވެސް އެގޮތަށް ބޭނުން ވެގެން އެގޮތަށް މަގުފަހި ކޮށްދިނުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރަން.

މާރިޔާ އަހުމަދު ދީދީ 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.