އަލީ ހުސެއިން މާފަރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
23 Aug 2023 | 21:32
ނުބައި ކެންޑިޑޭޓަށް ލާ ވޯޓުގެ ޒިންމާ އެ ރައްޔިތަކު އުފުލަން ޖެހޭނެ: އަލީ ހުސެއިން

ވެރިކަމަށް ކުފޫހަމަނުވާ މީހަކަށް ލާ ވޯޓުގެ ޒިންމާ އެ ރައްޔިތަކު އުފުލަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ކެންދީ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ނ މާފަރަށް ކުރެއްވި ކެމްޕޭނު ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަލީ ހުސެއިން ވިދާޅުވީ މިއަދު ދިވެހިރާއްޖެ މި އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމުތަކަށް އެކަނި ބަލާލި ނަމަވެސް ގައުމުގެ ހާލަތު ސާފުކޮށް އެނގިގެންދާނެ ކަމަށާއި، އެހެންކަމުން ސެޕްޓެމްބަރު މަހުގެ 9 ގައި ލާ ވޯޓަކީ ވަރަށް އަމާނާތްތެރިކަމާއެކު ގައުމުގެ ހާލަތު ބަދަލުކުރުމަށް ލާ ވޯޓަކަށް ހައްދަވަން ޖެހޭކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އެއާއެކު އޭނާ ވިދާޅުވީ، އެކަމަށް ރިއާޔަތްކުރުމެއް ނެތި ވެރިކަމަށް ގެންނަން ނުޖެހޭ މީހަކަށް ވޯޓުލައިގެން، އޭގެ ނިކުންނަ ނުރަނގަޅު ނަތީޖާތަކުގެ ޒިންމާ ނުބައި ކެންޑިޑޭޓަށް ވޯޓުދިން ރައްޔިތުން ނަގަން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ވިސްނަން ޖެހޭ 9 ސެޕްޓެމްބަރުގައި ތިޔަބޭފުޅުން ވޯޓުލާއިރުގައި އެއީ ހަމައެކަނި ލާ ވޯޓެއް ނޫންކަން. އެއީ ތިޔަބޭފުޅުންނާއި މަތިކުރެވިފައިވާ ވަރަށް ބޮޑު އަމާނެއްތެއްކަން ތިޔަ ބޭފުޅުން ޖެހޭ ހަނދާން ކުރަން. އެ އަމާނާތް އަދާކުރުމުގައި އެ އަމާނާތައް ޚިޔާނާތްތެރިވެއްޖެކަމަށް ވާނަމަ އެކަމުގެ ޒިންމާ، ނުވަތަ އޭގެ ސަބަބުން ލިބޭ ދެރަ ނިކަމެތިކަމެއްގެ ޒިންމާ އަޅުގަނޑު ދަންނަވާނީ ގޯސްކޮށް، ނުބައި ކެންޑިޑޭޓަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވަން ނުޖެހޭ ކެންޑިޑޭޓަކަށް ވޯޓުލައްވާ ކޮންމެ ބޭފުޅަކު ވެސް އެ ޒިންމާ ނަންގަވަން ޖެހޭނެ"

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން 

އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވެ، ވެރިކަން ކުރަން ފެށި ހިސާބުން ފާއިތުމިވީ 15 އަހަރު ދުވަހުގެ ތެރޭގައި ބޮޑު ދެ ޕާޓީއެއްގެ މެދުގައި ވެރިކަން ބެހިއްޖެ ކަމަށެވެ.

އެގޮތުން މިހާރު ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީއަށް ދެފަހަރު ވެރިކަން ހަވާލުކުރެވިއްޖެ ކަމަށާއި، ޕީޕީއެމަށް ވެސް ދައުރެއް ދެވިއްޖެކަމަށެވެ. 

އެހެންކަމުން ދެޕާޓީގެ މެދުގައި ވެރިކަން ބަހައިގެން ރައްޔިތުންނާއި ގައުމަށް ލިބުނީ ކުރިއެރުންތޯ ނޫނީ ގައުމުގެ ކަންކަން ދިފައީ ފަހަތަށްތޯ އަންނަ ސެޕްޓެމްބަރު މަހުގައި ވޯޓުލާއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނުމަށްފަހު ގޮތްނިންމެވުމަށް އެދިވަޑައިގަންންވާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.