ޤާސިމް ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
24 Aug 2023 | 07:03
ވެރިކަން ހޯދައިދިނީމާ ޕީޕީއެމާއި އެމްޑީޕީގެ ވެރިން ވެސް ހެދީ ގޯސް: ޤާސިމް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ދެފަހަރު އަދި، މިހާރު ވާދަވެރި ސިޔާސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމަށް އެއްފަހަރު ވެރިކަން ހޯދައިދިނުމުން ދެ ޕާޓީގެ އިސްވެރިން ވެސް ހެދީ ގޯސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް އިބްރާހިމް މިފަދައިން ވިދާޅުވެފައި ވަނީ މިހާރު އެމަނިކުފާނު ނ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުުރުފުޅުގައި މަނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޤާސިމް ވިދާޅުވީ، އެމްޑީޕީ އެމްޑީޕީއަކަށް އަދި ޕީޕީއެމް ޕީޕީއެމްއަށް ވީ، ރިޔާސީ އިންތިޚާބު އެމީހުންނަށް ކާމިޔާބުވުމުން ކަމަށެވެ. އަދި ޕާޓީއެއްގެ ގޮތުގައި އޮވެ އެންމެ ފުރަތަމަ އެ ދެ ޕާޓީން ވާދަކުރި ފަހަރުވެސް މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވާކަމަށާއި، ދެ ޕާޓީއަށް ވެސް ވެރިކަމަށް އާދެވުނީ ޖުމްހޫރީ ޕާޓީން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން ކަމަށެވެ. 

އެވާހަކައާއި ގުޅުވާ ޤާސިމް ވިދާޅުވީ ޕީޕީއެމް އަދި އެމްޑީޕީއަށް ވެސް ވެރިކަން ހޯދައިދިނުމުގައި އެހީތެރިވީ ރައްޔިތުންނަށް ވަފާތެރިވާނެކަމަށާއި، އިޚްލާސްތެރިކަމާއެކު ގައުމަށް ތަރައްގީ ގެނެސްދޭނެކަމަށް ބަލާ އިތުބާރުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ކަންކަންވީ ރައްޔިތުން ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް އުންމީދުކުރި ގޮތަށް ނޫން ކަމަށާއި، ޕާޓީތަކުގެ އިސް ސަފުގައި ތިއްބެވި ފަރާތްތައް ވެރިކަމަށް އައިސް ބޮޑެތި ގޯސްތައް ހަދާފައިވާކަމަށް ޤާސިމް ވިދާޅުވި އެވެ. 

ޤާސިމްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ މިސާލު ނެންގެވީ ރައީސް ނަޝީދުގެ ވެރިކަމުންނެވެ. ޤާސިމް ވިދާޅުވީ 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީ ވާދަކޮށް ނާކާމިޔާބުވުމުން، ކޯލިޝަން ހެދުމަށް ހުށައެޅީ ނަޝީދުކަމަށެވެ. އަދި ކޯލިޝަން ހަދައި ސަރުކާރުގެ ވަކި ޕަސެންޓެއް ދިނުމަށް ވައުދުވިކަމާއި، އެހެން ނަމަވެސް ވެރިކަން ހަމަ ލިބުމާއެކު އެ ވައުދުގެ މަތިން ހަނދާން ނައްތާލީ އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ކޯލިޝަން ރޫޅާލުންކަން ޤާސިމް ފާހަގަކުރެއްވި އެވެ. 

ދެން އެމަނިކުފާނު ވާހަކަ އަމާޒުކުރެއްވީ ރައީސް ޔާމިނުގެ ވެރިކަމަށެވެ. އެގޮތުން ޤާސިމް ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަން ބަދަލުކުރުމަށް އޭރު މަސައްކަތް ފެށީ އެ ވެރިކަމުގައި ހިންގަމުން ދިޔަ ވައްކަމާއި ކޮރަޕްޝަންގެ ސަބަބުން ކަމަށެވެ. އަދި ސިޔާސީ ވާދަވެރިންނަށް ފުރުސަތު ނަގާލާ ޚުދުމުހުތާރުކަމާއެކު ވެރިކަން ކުރައްވަމުން ގެންދިއުމާއި ގުޅިގެން ނެވެ. އެކަން ފާހަގަކުރައްވާ ޤާސިމް ވަނީ މިހާރު ރައްޔިތުން އެ ވެރިކަން މަތިން ހަނދާން ނެތުނީ ތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. 

ރައީސް ޔާމިނުގެ ވެރިކަން ބަދަލުކޮށް އަނެއްކާ ވެސް އެމްޑީޕީއަށް ވެރިކަން ދިނީ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދިނުމުންކަން ޤާސިމް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ބަދަލު މިއަދު ވެސް މި ގައުމުން ނުފެންނަ ކަމަށާއި، މިއަދު ވެސް ކުރެވެމުންދަނީ ރައްޔިތުން އެދޭ ވެރިކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޤާސިމު ވިދާޅުވީ ދެ ޕާޓީއަށް ވެރިކަން ހޯދައިދިނުމުން ވެސް ޕާޓީގެ އިސް ލީޑަރުން ގޯސްހަދާފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު ޤާސިމަށް ދެ ޕާޓީގެ އާންމު މެމްބަރުން ވެސް ވޯޓުދެއްވާ، ވެރިކަން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފަ އެވެ. 

"އެމްޑީޕީއަށް ދެ ފަހަރު، ޕީޕީއެމަށް އެއްފަހަރު ވެރިކަން ހޯދައިދެވިއްޖެ. އެމްޑީޕީގެ އާންމު މެމްބަރުން، އަދި ޕީޕީއެމްގެ އާންމު މެމްބަރުން ވެސް ވިސްނަވާ މިފަހަރު އަޅުގަނޑަށް ފުރުސަތު ދެއްވުން ކީއްތޯ؟ އަޅުގަނޑަށް ހައްގެއް ނެތް ތޯ މިހެން އެދުމުގެ؟ އަޅުގަނޑަށް ހައްގެއް ނެތް ތޯ ވެރިކަން ކުރުމުގެ؟"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ އެމަނިކުފާނު މި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ މަޤާމެއް ބޭނުންވެގެން ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ އަކީ އަބަދުވެސް އިސްލާހީ މަސައްކަތަށް ލޯބިކުރާ، އެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތަކަށް ވާތީ، ގައުމު މިހާރު އޮތް ހާލަތުން ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށެވެ. 

ބޮޑު ދެ ޕާޓީއަށް ވެރިކަން ހޯދައިދީގެން ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެވިފައި ނުވާައިރު، މި ފަހަރަކީ ރައްޔިތުން ޖުމްހޫރީ ޕާޓީއަށް ފުރުސަތުދޭ ފަރަހަށް ހައްދަވައިދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.