ކުޑަފަރީ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ/ ޖޭޕީ
ހަބަރު
24 Aug 2023 | 12:29
"އަޅުގަނޑުގެ ވެރިކަމެއްގައ ތަހުގީގާއި ޝަރީއަތުގެ މަރުހަލާތަކަށް މުއްދަތެއް ކަނޑައަޅާނަން؛ ވާނުވާގަ ނުބައިތިއްބާނަން"

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ، މައްސަލަތައް ތަހުގީގު ކުރުމަށާ، ޝަރީޢަތުގެ މަރުހަލާ ތަކަށް ވަކި މުއްދަތެއް ކަނޑައަޅުއްވާނެ ކަމަށާ، މީހުން ވާނުވާ ނޭނގޭހާލު ޖަލުގައި ބަންދު ކޮށްފައި ނުބައިތިއްްބާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެމަނިކުފާނު ސިޔާސީ މައިދާނުގައި މީގެ ކުރިން ކުރެއްވި މަސައްކަތްތަކާއި އަދި މިހާރު ރީޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ކުރައްވަމުންދާ ކަންކަމަކީ ދިވެހި ގައުމުގެ އިސްތިގުލާލާއި، މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކަމަށެވެ. 

އަދި މިއަދުވެސް މިނިވަންކަމުގެ ވާހަކަ ދައްކަވަނީ، އަޅުވެތި ކަމުގެ ތެރެއަށް ދާން ބޭނުންވާނެ އެއްވެސް ދިވެއްސަކު ރާއްޖޭގައި ނޫޅޭނެކަން ދަންނާތީ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. 

މިއާއެކު ގާސިމް ވިދާޅުވީ، މިނިވަންކަމުގެ އިތުރުން އެމަނިކުފާނާއި ޓީމުން ދައްކަވަމުންދަނީ ތަރައްގީއާއި އިޖްތިމާއީ އަދާލަތުގެ ވާހަކަ ކަމަށެވެ. 

ދެންމެ އަކު އަޅުގަނޑު ކައިރީ އަންހެން ކަނބަލެއް ދެއްކެވީ، އޭނާގެ ދަރިފުޅު ޖަލަށް ލާފައި، ތިން އަހަރު ދުވަސް ވެގެންދާއިރު، ވާނުވާ ޖަހާފައި ހުއްޓޭ ދަންނަވަނީ. އެއީ ޝަރީއަތުގެ ހުކުމް ނިމެންދެން ޖަލުގައި ބާއްވާ ވާހަކަ އެއީ. 

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ، މިސަރުކާރުން ވެރިކަމަށް އައީ އެފަދައިން ވާނުވާގައި މީހުން ޖަލުގައި ނުބައިތިއްބަވާނެ ކަމަށް ވައުދުވެގެން ކަމަށެވެ. އަދި ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ އަވަސް ކުރާނެ ކަމަށް ބުނެ މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް އެކަން ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ގާނޫނުގައި ނުބެނޭ އެކަންކަން (ޝަރީއަތުގެ ކަންކަން) ވަކި މުއްދަތެއްގައި ނިންމަން ޖެހޭ ވާހަކައެއް. އަޅުގަނޑު މި ވަޢުދުވަނީ، اللهގެ ވާގިފުޅާއެކު، އަޅުގަނޑުގެ ވެރިކަމެއްގައި، އެގޮތަށް އަންނަ މައްސަލަ ތަކުގައި، ކޯޓުތަކަށް މައްސަލަ ދަމަހައްޓާފައި ބޭއްވޭނީ، ފުލުހުން ތަހުގީގު ކުރަންވެސް ދެވޭނީ، ޕްރޮސެކިއުޓާ ޖެނެރަލްއަށް މައްސަލަ ހުށަހެޅުމަށްވެސް ދެވޭނީ، ވަކި މިންވަރެއްގެ ވަގުތު ތަކެއް. ހަމައެއާއެކު ކޯޓުތަކަށް އަޅުގަނޑުމެން ދޭނީ، ކޯޓުގެ ކޮންމެ މަރުހަލާ އަކަށްވެސް ވަކި މުއްދަތެއް. 

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، އެމަނިކުފާނުގެ ވެރިކަމެއްގައި ގާނޫނުތައް ހައްދަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.