ޖޭޕީއާ އެމްޑީޕީއާއެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން--
ހަބަރު
24 Aug 2023 | 13:45
ގާސިމް ރައީސް ޞާލިހަށް: އޮޅުވާލައިގެން ވެރިކަމަށް އައިއްސަ ކީހާ ފަރިހި ޅެމަށް ހައްދަވަން އުޅޭނެ ކަމެއް ނެތް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަތައް ދައްކަވައިގެން ކަމަށް މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއް ކަމުގައިވާ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން، ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުން ނަހަމަގޮތުގައި، ކެންޕެއިނަށް ބޭނުން ކުރައްވަމުންދާ ކަމަށެވެ. ކެންޕެއިނުގައި ރަށްރަށުގައި ދަމާ ދިދަ ތަކާއި، ޖަލްސާތަކަށް ސަރުކާރު މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް ނެރެމުންދާ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެފަދަ ކަންކަމަކީ ގާނޫނު އަސާސީ އާއި ޚިލާފް ކަމެއް ކަމަށެވެ. އަދި އެކަންކަމާއި ރުހިގެން ނުހުންނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ގާސިމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެފައިވާ ކަމަށާ، އެކަންކަން ކުރެއްވީ އޭނާވެސް ހިމެނިވަޑައިގަންނަވާ ކޯލިޝަން އާއި އެކީގައި ކަމަށެވެ. އެހެންނަމަވެސް، އެ ވައުދުތަކަކީ ދޮގާއި އޮޅުވާލުން ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ސަރުކާރާއި ދުރަށް ދާން ޖެހުނީވެސް ކަންކަން ގޯހުން ގޯހަށް ދިޔުމުން ކަމަށެވެ. 

ދޮގު ހަދައިގެން، ރައްޔިތުންނަށް ލުނބޯހުތް ޖަހައިގެން، ނޫނީ މާމުއި އަޅައިގެން ކަމަށްވިޔަސް، ފޮނި ރަހަ ލައްވައިގެން، މީހުންނަށް އޮޅުވާލައިގެން ވެރިކަމަށް އައިސް، ވައުދުތައް ހަނދާންތައް ނައްތާލާފައި، ކީހާ ފަރިހި ޅެމަށް ހައްދަވަން އުޅޭނެ ކަމެއް ނެތް. ދެވަނަ ދައުރު ތިމަންނަ އަށް ދޭށޭ، ތިންވަނަ ދައުރު ދޭށޭ، ކިޔާނެ ކަމެއް ނެތް. 

ގާސިމް އިބްރާހިމް 

މީގެ އިތުރުން ވެސް ގާސިމް ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެންޕެއިން ކުރައްވަމުންދަނީ އެހެން ގައުމެއްގެ އެހީތެރިކަމާއި އެކު، "ދައުލަތް ނޮޅާލައިގެން" އަދި "ދަވާލައިގެން" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.