ގާސިމްގެ ނ އަތޮޅުގެ ކެންޕެއިން ދަތުރުފުޅުގެ ތެރެއިން--ފޮޓޯ/ ޖޭޕީ
ހަބަރު
25 Aug 2023 | 07:24
ރައްޔިތުންނަށް އަމާން މުސްތަގުބަލެއް ގެނެސްދޭން ފުރާނަ ދުއްވާލަންވެސް މިހުރީ ތައްޔާރަށް: ގާސިމް

ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދިނުމަށް ފުރާނަ ދުއްވާލަންވެސް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫގައި އިއްޔެ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، އެބޭފުޅެއްގެ މާޒީގައި ދިވެހި ގައުމަށާއި ދިވެހި ދައުލަތަށް އެންމެ ވަފާތެރި އަދި އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވަނީ ކާކުތޯ ބަލައިފި ނަމަ އެ ބޭފުޅަކަށް ވާނީ އެމަނިކުފާނު ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަރަށް ބޮޑު ތަފާތަކުން، އެއްބުރުން އެމަނިކުފާނު ވެރިކަމަށް އިންތިޚާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ އެމަނިކުފާނަކީ، ފެށުނީއްސުރެ ވެސް އިސްލާހަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން ދިވެހި ގައުމިއްޔަތާއި އިސްލާމްދީން ދިވެހި ފަސްގަނޑުގައި ދެމެހެއްޓުމާއި، ގައުމުގެ މިނިވަންކަމާ، ގައުމު ދަރާފައިވާ ދަރަނިން މިންޖުކުރުމާ އިގްތިޞާދު ނެގެހެއްޓުމަށް އިސްލާހީ މަސައްކަތް ތައް ކުރިންވެސް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

މިއާއެކު މި ސަރުކާރުން ކަންކަން ކުރައްވަމުންދާ ގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުން ފާޅުގައި އިސްލާމީ އަސްލާއި އުސޫލުތައް ތަންފީޒު ކުރުމާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ކަމަށާ, 2018 ވަނަ އަހަރު ވެރިކަމަށް އަންނަން ވެގެން ހެދި ކޯލިޝަން އެއްބަސްވުމާއިވެސް ތަކުރާރުކޮށް ހިލާފުވެފައިވާކަމަށެވެ. 

މީގެ އިތުރުން ފަހަރަކު ކަމަކުން ކަމެއް ހުށައަޅައި އެންމެ ފަހުން ރައްޔިތުން އެދޭ ކަންކަން ކޮށްދެވޭނީ ދެވަނަ ދައުރެއް ދިނުމުން ކަމަށް ބުނުމުން އެއީ ބްލެކްމެއިލް ކުރުން ކަމުގައި ނުވޭތޯ އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ.

އަދި އަދުގެ ސަރުކާރުން ކަންކަން ކުރަމުން އެ އަންނަ ގޮތާއި ޚިލާފަށް، އެމަނިކުފާނު މިހާތަނަށްވެސް އަދި ކުރިއަށްއޮތްތަނުގައި ކަންކަން ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ގައުމު އިސްލާހު ކުރުމަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ކުރިމަތިލީ މިދެންނެވި ކަންތައްތަކުގެ އިސްލާހީ ބަދަލު ގެނެސްދޭން. 1984 ވަނަ އަހަރުންސުރެ ކުރި މަސައްކަތް ގެއްލި ހަލާކުވެ ރައްޔިތުން އަގުރު އަލިފާނަށް ވެއްޓޭތީ އެތަން ފެންނާތީ އެކަމުން ސަލާމަތްކޮށްދޭން. ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދޭން ފުރާނަ ދުއްވާލަންވެސް މިހުރީ ތައްޔާރަށް. ފަހަތަކަށް ނުޖެއްސޭނެ. "

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ މިއަދު ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެވޭނެ ތައުލީމާއި ތަޖުރިބާ އާއި ހިތްވަރު އެމަނިކުފާނުގެ ހުންނެވި ކަމަށާ، އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން މިނިވަންކަމާއިއެކު އުޅޭ ދިވެހި ރައްޔިތުން އަބަދުވެސް މި ގައުމުން ފެނުމަށް އެދިލައްވާ ކަަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.