ދަ ކޮމަނާސް ގެ ބައެއް މެންބަރުން--
ހަބަރު
27 Aug 2023 | 13:12
ދަ ކޮމަނާސް ޖަމިއްޔާގެ ތާއީދު ޑރ. މުއިއްޒަށް!

ފެށުނީއްސުރެ އިންޑިއާގެ ނުފޫޒުން ރާއްޖެ މިނިވަންކުރަން އަޑުއުފުލަމުން އައިސްފައިވާ ޕާޓީތަކަކީ ޕީޕީއެމް/ޕީއެންސީ ކަމަށާ، އެހެން ކަމުން 2023 ގެ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ތާއިދުކުރުމަށް ނިންމާފައިވާ ކަމަށް ދަ ކޮމަނާރސް ޖަމިއްޔާއިން ބުނެފިއެވެ. 

ދަ ކޮމަނާސް އިން ނެރުނު ބަޔާނެއްގައި ބުނީ، އާންމުންނާއި ގުޅުން ހުރި ކަންތައްތައް، ހާއްސަކޮށް ބޯހިޔާވަހިކަމާއި ގުލޭ ސިޔާސަތުތަކާއި ބެހޭ ގޮތުން ޖަމިއްޔާގެ މެންބަރުންގެ ފަރާތުން ގިނަ ކެނޑިޑޭޓުންނާއި ވާހަކަ ދަައްކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގައި ޒަމާނުއްސުރެ އޮތް ބަންޑާރަ ބިން ހިލޭ ބެހުމުގެ ސަގާފަތަކީ ހުރިހާ ރަށެއްގައިވެސް ކުރުން ހުއްޓާލަން ޖެހޭ ބޯދާ، އަދި އޭގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ސިޔާސަތެއް ކަން އެއީ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ގަބޫލު ކުރާ އަދި ވަކާލާތު ކުރަމުންދާ ސިޔާސަތެކެވެ." ދަ ކޮމަނާސް އިން ބުނެފައިވެއެވެ. 

އަދި މީގެ އިތުރުންވެސް ބޯހިޔާވަހިކަމުގެ ދާއިރާއަށް ގެންނަން ޖެހޭ އަދި ތައާރަފު ކުރަން ޖެހޭ ވަރަށް ގިނަ އެހެން ސިޔާސަތުވެސް ސިޔާސީ ޕާޓީތަކާއި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

މީގެ އިތުރުން އެ ޖަމިއްޔާ އިން ބުނީ، ގޯތި ބެހުމުގެ ސިޔާސަތު ނުވަތަ ސަގާފަތް ހުއްޓާލަން ވައުދުވާ ސިޔާސީ ކެނޑިޑޭޓެއް ނެތެމް ކަމުން އެކަމާއި ގުޅިގެން އާންމުންގެ ޖަމިއްޔާގެ ބޯޑު، އެޑްވައިސަރީ ބޯޑު އަދި ކޮންގްރެސްގައި މަޝްވަރާކޮށް ވޯޓު ނެގިފައިވާ ކަމަށެވެ. 

އަދި ކުރެވުނު މަޝްވަރާތަކަށް ފަހު ނެގުނު ވޯޓުގެ ތާއިދާއިއެކު އާންމުންގެ ޖަމިއްޔާއިން ފާސްކުރެވުނީ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަކުގައި އެއްބަސް ނުވެވޭ ބައެއް ނުކުތާތައް ހުރިކަމުގައިވިޔަސް ގައުމީ މަސްލަހަތު އިސްކުރުމަށް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ. 

މިގޮތުން ބަލާލާއިރު ގައުމެއްގެ ގޮތުގައި ރާއްޖެއަަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފާއިތުވި ފަސް އަހަރު ބޭރުގެ ގައުމަކާއެކު އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގަމުން ގެންދާ ސިއްރުވެރި ގުޅުމާއި އެއާއި ގުޅުން ހުރި ކަންކަމެވެ. އަސްކަރީ އެެތައް އެއްބަސްވުންތަކެއް އަވައްޓެރި އިންޑިއާއާއެކު ހަދާ އެ އެއްބަސްވުންތައް ސިއްރުކޮށް އާންމުން ވާނުވާގައި ތިބިއިރު، ލޮލަށް ފެންނަމުންދާ މަންޒަރަކީ އެގައުމުގެ ސިފައިންނާއި އެގައުމުގެ ނުފޫޒު ސަރުކާރުގެ ހުރިހާ ގުނަވަންތަކަކަށް ކުރަމުން ގެންދާ މަންޒަރެވެ. ބޯހިޔާވަހިކަމުގެ ދާއިރާއަށް ބަލާލި ކަމުގައި ވިޔަސް ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެންމެ ފްލެޓެއްވެސް ހުޅުމާލެ ސަރަހައްދުގައި އަޅާ ނިންމާނުލެވުނު އެއް ސަބަބަކީ އިންޑިއާގެ ކުންފުންޏަކާއި އެކު ނޫން ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމުގެ މިނިވަންކަން ދިވެހި ސަރުކާރަށް ނެތުމެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަަށް ހަމަޖައްސާ ލޯނާއި އެހެނިހެން މާލީ ފަންޑުތަކުގެ ރޭޓު ބޮޑުވެގެން އުޅެނީވެސް އެ މާލީ އެހީތެރިކަން އަދި ލޯނުތައްވެސް އިންޑިއާ ނޫން ގައުމެއްގެ މާލީ އިދާރާއަކުން ނެގުމުގެ މިނިވަންކަން ދިވެހި ސަރުކާރަށް ނެތުމެެވެ. 

ދަ ކޮމަނާސް

ދަ ކޮމަނާސް އިން ގައުމުގެ މިނިވަންކަމާއި ބާރު މިހާރު މިފެންނަ ގޮތަށް ބޭރުގެ ވަކި ބައެެއްގެ އަތްމައްޗަށް ގޮސްފިނަމަ  ބޯހިޔާވަހިކަން އަދި އިޖްތިމާއި އެހެން އެއްވެސް މައްސަލައެއްވެސް ދިވެހި ސަރުކާރަށް ހައްލު ނުކުރެވޭނެ ކަމަށެވެ.

ދަ ކޮމަނާސް އިން އިތުރަށް ބުނީ، އެކިއެކި ގައުމުތަކުގެ، އެކިއެކި ބައްރު ތަކުގެ މާލީ ވުޒާރާ ތަކާއި ބޭންކް ފަދަ ތަންތަނާއި ވާހަކަ ދައްކާ މަޝްވަރާ ކުރުމުގެ މިނިވަންކަން ނެތްނަމަ، ބޯހިޔާވަހިކަން ހައްލު ކުރުމަށް އަޅަންޖެހޭ އިޖްތިމާއި ބޯހިޔާވަހިކަން ފޯރު ކޮށްދިނުނުގައި އެންމެ ފަސޭހަ، އެންމެ އަވަސް އަދި އަގު އެންމެ ކުޑަ ގޮތް ސަރުކާރަކަށް ހޯދާ ނުދެވޭނެ ކަމަށާ، ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ބައެއްގެ މުށުތެރެއަށް މިހާރު އޮތްގޮތަށް ގޮސްފައި އޮންނަހާ ހިނދަކު ބޯހިޔާވަހިކަމުގެ ދާއިރާގަައި އެ ޖަމިއްޔާ އިން ގެންނަން ބޭނުންވާ ސިޔާސަތުތައްް ތަންފީޒު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ގައުމެއް ނެތީއްޔާމު ބޯހިޔާވަހިކަމެއް ނޯންނާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ވީމާ މިހުރިހާ ކަމަކަށް ނަޒަރު ހިންގާ ވިސްނާ އަދި މަޝްވަރާކޮށް ދަ ކޮމަނާސްއިން ފާސްކޮށްފައި ވަނީ، ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބަލާލާއިރު އެއްގަލަކަަށް ނޭރޭ ބައެއް ކަންތައްތައް ހުރިކަމުގައި ވިޔަސް، ފެށުނީއްސުރެ އިންޑިއާގެ ނުފޫޒުން ރާއްޖެ މިނިވަންކުރަން އަޑުއުފުލަމުން އައިސްފައިވާ ޕާޓީތައް ކަމަށްވާ ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެނޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު އެންޑޯސްކޮށް، 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއިދުކުރުމަށެވެ.

ދަ ކޮމަނާސް 

ދަ ކޮމަނާސް އަކީ ގެދޮރުގެ މައްސަލައިގައި އަޑު އުފުލުމުގައި އެންމެ ހަރަކާތްތެރި އެއްޖަމިއްޔާ އެވެ. އެޖަމިއްޔާ މަޝްހޫރުވެފައި ވަނީ ކޮތަރުކޮށި ޖަމިއްޔާގެ ނަމުންނެވެ. ޖަމިއްޔާގެ މެންބަރުންގެ އަދަދު ހަހާހަށްވުރެ ގިނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.