ޖޭޕީގެ ކެންޕެއިން ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޖޭޕީ
ހަބަރު
27 Aug 2023 | 15:14
ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލައި ލިމިޓްތައް ނައްތާލާނަށް: ގާސިމް

ރާއްޖޭގެ ބޭންކްތަކުން ކަސްޓަމަރުންނަށް ކުރިމަތިކުރުވާ ދަތިތައް ނައްތާލައި، ފައިސާ ޖަމާކުރުމާއި ނެގުމުގައި ހުންނަ ލިމިޓްތައް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ވެރިކަމެއްގައި ނައްތާލައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. މަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ އެމަނިކުފާނު ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްކަމުން ފެށިގެން ރައްޔިތުންނަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވި ދަތިއުނދަގޫ ހާލަތުތައް މަންދޫ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

މިއާއެކު ގާސިމް ވިދާޅުވީ އިސްލާހީ މަސައްކަތުން ގެނައި ބަދަލުތައް މިހާރުނެތި ދިއުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށާއި ހައްގުތައް ކަށަވަރުކޮށް އިސްލާހީ ހެޔޮބަދަލުތަކަށް އަލުން މަސައްކަތް ފަށަންޖެހިފައިވާ ކަމަށެވެ. 

ގާސިމް އިތުރަށް ވިދާޅުވީ، މިފަހަކަށް އައިސް، ބޭސް ފަރުވާ އަށާއި, ކިޔަވަންވެސް ބޭރުގައުމަށް ދާ މީހުންނަށް ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން، ޑޮލަރު ލިބޭއިރު ވެސް ލިބެނީ އެކްސްޗޭންޖު ރޭޓަށްވުރެ ބޮޑު އަގުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"މި ކިހިނެއްތޯ މިވަނީ؟ ތިމާމެންނަށް ލިބޭ ލާރިއަށްވުރެ ގިނައިން ބޮޑު ޚަރަދުކޮށް، ލޯނު ނަގައިގެން، އެއަށް ދައްކަންޖެހުނީމާ ކޮންތަނަކުންތޯ ޑޮލަރު؟ އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިޔާ އެ އޮތް އެ ހުރަސް ނައްތާލާނަން. 

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ ބޭންކްތަކުގެ ހިދްމަތް ހޯދުމުގައި މިއަދު ކުރިމަތިކޮށްފައިވާ ދަތިތައް އެމަނިކުފާނުގެ ވެރިކަމެއްގައި ނައްތާލާނެ ކަމަށާއި އެކިގޮތްގޮތުން ކުރިމަތިކޮށްފައިވާ ލިމިޓްތައް ނައްތާލާނެ ކަމަށެވެ. ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގައި އަމިއްލަ ފައިސާ ހިފަހައްޓާ ބޭންކުތަކުން ކުރިމަތިކުރުވާ ދަތިނައްތާލައި ހިދްމަތްތައް ފަސޭހަ ނިޒާމެއް ގާއިމްކުރާނެކަމަށް ގާއިމް ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށް ބޭންކުތަކުން އެމީހެއްގެ އަމިއްލަ ފައިސާ ޑިޕޮސިޓް ކޮށްފައި ހުއްޓާ އެ ނަގަން ދިޔައީމާ، އެއްލައްކަ ނުވަދިހަ ހާސް ރުފިޔާ ހާސް ރުފިޔާ، ނޫނީ ދެ ލައްކައަށްވުރެ ބޮޑު އެއްޗެއް ނުލިބޭ. އެއްގޮތަކަށްވެސް އެހެން ވެގެން ނުވާނެ. ކޮންފަދަ ބޮޑު ތަކުލީފެއް ތޯ މިހުންނަނީ. އެ ތަކުލީފު ތަކުން އިރާދަކުރެއްވިޔާ މިނިވަން ކޮށްދޭނަން.. 

ގާސިމް އިބްރާހިމް 

"އެމީހާގެ ފައިސާ އެމީހެއް ދޭން ބޭނުން މީހަކަށް ދެވޭނެ. ނަގަން ބޭނުން ވަރަކަށް ކޭޝްގެ ގޮތުގައި ނެގޭނެ. ޑިޕޮސިޓް ކުރަންޏާ ޑިޕޮސިޓް ކުރަންވީ. ނުކުރާންޏާ ނުކުރަންވީ. މީގެ ކޮބާތޯ މައްސަލަ އަކީ. މަނީލޯންޑްރިންގެ ގެ މައްސަލަ އޭ ކިޔައިގެން މީހުންނަށް އުނދަގޫ ކުރުމާއި ނޮހޮރުއްޕާން ކުރުން ނޫން އެހެން ކޮން ކަމެއްތޯ.؟" ގާސިމް ވިދާޅުވިއެވެ. 

ގާސިމް ވިދާޅުވީ އެމްއެމްއޭއިން ހަދާފައިވާ އެފަދަ، ރައްޔިތުންނަށް އުނދަގޫވާ ގަވާއިދުތައް އެމަނިކުފާނުގެ ވެރިކަމެއްގައި ނައްތާލައްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.