މަތިވެރި ކެންޕެއިން ޖަލްސާގެ ތެރެއިން--ފޮޓޯ/ޖޭޕީ
ހަބަރު
28 Aug 2023 | 11:21
އަޅުގަނޑުގެ ވެރިކަމެއްގައި މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދޭނަށް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. 

އއ.މަތިވެރީގައި މިއަދު ބޭއްވި ކެންޕެއިން ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވަނީ މިސަރުކާރުން އިންޑިއާ އާއި އެކު ބާއްވަމުންދާ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ މިވެރިކަމުން ވަނީ ގާނޫނުއަސާސީ ޚިލާފް އެތައް ކަމެއް ކުރައްވާފައި ކަމަށާއި ދީނާ ގައުމިއްޔަތާއި އިސްތިގްލާލުވަނީ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.

މަތިވެރި ކެންޕެއިން ޖަލްސާގެ ތެރެއިން--ފޮޓޯ/ޖޭޕީ 

އޭގެ ތަފްސީލަށް ވަޑައިގަންނަވަމުން ގާސިމް ވިދާޅުވީ، އިންޑިޔާ ސަރުކާރުން، އެގައުމުގައި ދިރިއުޅޭ މުސްލިމުންނަތައް އެތަކެއް އަނިޔާ ތައް ވަމުންދާއިރުވެސް އަދުގެ ސަރުކާރުން އެ ގައުމާއި އިންތިހާއަށް ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި މައްސަލަ އާއި، ދިވެހިރާއްޖެއިން އިންޑިއާ އިން އެތައް ބިލިއަން ޑޮލަރުގެ ލޯނު ނަގަމުންދާ ދިޔުން ފާހަގަކުރައްވައި ގާސިމް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ގާސިމް ވިދާޅުވީ އެ ލޯނުތައް ނުދެއްކިއްޖެނަމަ ކޮންމެ ފަދަ ބޮޑު ކަމެއްވެސް ކުރަން ރާއްޖެއަށް ޖެހިދާނެ ކަމަށެވެ. 

ގާސިމް ވިދާޅުވީ ވެރިކަމުގައި ތިބި ބަޔަކު ރައްޔިތުންނަށް ޚިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން ކަމަށެވެ. އަދި ތާރީޚުންވެސް ސާބިތުކޮށްދެނީ ބޭރުމީހުންނާއި ގުޅިގެން ގައުމަށް ގައްދާރުވާ ފަރާތްތަކުގެ ސަބަބުން ގައުމަށް ލިބުނު ނިކަމެތިކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މަތިވެރި ކެންޕެއިން ޖަލްސާގެ ތެރެއިން--ފޮޓޯ/ޖޭޕީ 

ގާސިމް އިތުރަށް ވިދާޅުވީ މި ސަރުކާރުން، އަމިއްލަ ބޭނުމުގަޔާއި، އެނޫންވެސް މަގުސަދެއްގައި ރައްޔިތުންނަށް އެކި ނަންނަމުގައި ލޯނުތައް ދެމުންދާ ކަމަށާ، އެމަނިކުފާނުގެ ވެރިކަމެއްގައި އެ ގޮތުން ދޫކޮށްފައިވާ އެސްއެމްއީ ލޯނުތައް މަޢާފު ކޮށްދެއްވާނެ ކަމަށެވެ.

"ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް. މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން. އަޅުގަނޑުގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މާޢާފުކޮށްދޭނަން. ހެޔޮ ދެ ބިލިއަން ނުވަތަ ތިން ބިލިއަންގެ ލޯނެއް ނަގާފަ ހުއްޓަސް. ހަމަ އެދުވަހުން ފެށިގެން މަޢާފުކޮށްދޭނަން. ހުރިހާ ބޭފުޅުންގެ ލޯނެއް ޒީރޯ. އެއީ، އެއްވެސް ހަމައެއް ލަމައެއް ނެތި މިކަން ކުރަމުން ގެންދަނީ. ސަރުކާރުން ބޭނުންވާ ޕޮލިޓިކަލް އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ވަރަށް އިންސާފެއްނެތި އެކަން ކުރާތީ."

ގާސިމް އިބްރާހިމް 

ގާސިމް ވިދާޅުވީ، ގައުމަށް އިޤްތިޞާދީ ބޮޑު ބަދަލުތަކެއް ބޭނުންވާ ކަމަށާއި ކުދި ވިޔަފާރިތަކުގެ ދިރުން އިތުރު ކުރަންޖެހޭ ކަމަށެވެ.

"އިގްތިޞާދަށް ދިރުންގެނުވާ ސަރުކާރުން ގެންގުޅޭ ވިޔަފާރިތަކަށް ދަތިކުރާ އުޞޫލުތައް ނައްތާލާނަށް" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ، ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ގައުމުގެ މިނިވަންކަމާއި، ގައުމާއި މެދު ވިސްނެވުމަށްފަހު، ގައުމަށް އެންމެ ޚިދުމަތްތެރި ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.