ގުރޫ ފުރަން ދަނީ--
ހަބަރު
01 Sep 2023 | 14:16
މައުލޫމާތު ސާފުކުރަން ކަމަށް ބުނެ، ހިންދޫ ގުރޫ ފުރުވާލައިފި!

މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު، ހިންދޫ ގުރޫ ފުރުވާލައިފި އެވެ. 

ހިންދޫ ދީނުގެ 'ގުރޫ'އެއް އިންތިޒާމް ކޮށްގެން ބާއްވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފައިވާ ޕޯސްޓަރެއް އިއްޔެ ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. 

މީސްމީޑިއާގައި ދައުރުވަމުންދާ އެ ޕޯސްޓަރުން އެނގޭ ގޮތުން މި ކުލާސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އިއްޔެ އައި މިއަދު އެވެ. 

އަދި އޮފްލައިންކޮށް ގެންދާ މި ކްލާސްތަކުގައި ކިޔަވާދޭނެ ކަމަށް ބުނެފައިވަނީ ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް ކަމަށް އޭގައި ބުނެފައިވެއެވެ. އަދި މިކަމެއް ކުރިއަށް ދާނީ އުނިމާ ގުރޭންޑުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން މި ކުލާސްތަކުގައި "ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް" ހައްލުތައް ލިބިގެންދާނެ އެވެ. 

މިކަމާއި ގުޅިގެން އާއްމުންގެ ނުރުހުން ސަރުކާރަށް އަމާޒުވުމާއިއެކު، އެ މައްސަލަ ބަލައިދޭން ފުލުހުންގެ އަރިހުން އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ އިއްޔެ ބުނެފައެވެ.

އެ މައްސަލާގައި ފުލުހުން އިއްޔެ ބުނީ، ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ މީސް މީޑިއާގައި ޕޯސްޓް ކޮށްފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން، އޭނާ އާއި އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި އެކަމާ ގުޅޭ މައުލޫމާތު ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

"އަދި މި މައްސައަލީ ރާއްޖޭގެ ދީނީ އެއްބައިވަންތައް ކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނީ ހިލާފު ކަމަކަށްވާތީ ކަމާއި ގުޅޭ އިދާރާތަކައި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ވާހަކަ ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

މިއާއެކު ނޫސްވެރިން ވަނީ އެމީހާ އާއި އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރިތޯ އިއްޔެ ސުވާލު ކޮށްފައެވެ. އެހެންނަމަވެސް، މިއަދާއި ހަމައަށް ވެސް އެއަށް ފުލުހުން ޖަވާބު ދީފައި ނުވާއިރު، އެ މީހާ ފުރުވާލިކަން ހާމަވުމުން، އެކަމާއި ގުޅޭ ސުވާލު ކުރުމުން ފުލުހުން ބުނީ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް އިމިގްރޭޝަން އާއި ހަވާލު ކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.