ރޭގެ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ/ޖޭޕީ
ހަބަރު
01 Sep 2023 | 21:25
ގާސިމް ކިޔައި ދެއްވީ ކުއްޔާއި ލޯނު މަޢާފު ކޮށްދެއްވާނެ ގޮތް؛ އެދިލެއްވީ ގޮތް ބަލާލަން ވެރިކަން ހަވާލުކޮށްލަން!

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ލޯނުތަކާއި ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ގޮތް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ. 

ގާސިމް ގެ ވެރިކަމެއްގައި ސަރުކާރުތަކުން ދޫކޮށްފައިވާ ހުރިހާ ފްލެޓުތަކެއްގެ ކުލި މައާފުކޮށްދެއްވައި، އެސްއެމްއީ ލޯނުތައް މައާފްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެއީ ކުރެވިދާނެ ކަމެއްތޯ ސުވާލު ކުރަމުންނެވެ.

އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ވައުދުވެ ވަޑައިގަތީ އެކަން ކުރާނެ ގޮތް އެނގިވަޑައިގެން ކަމަށެވެ. 

"އަޅުގަނޑު މާފު ކުރާނެ ވާހަކަ ބުނީމާ އެންމެން ބުނީ ކިހިނެއްހޭ އެ ދައްކާނީ. އަޅުގަނޑު ބުނީކީ ނޫނޭ އިރާދަކުރެއްވިއްޔާ އެ މާފުކުރާނަމޭ." ގާސިމް ވިދާޅުވިއެވެ. 

މިއާއެކު ގާސިމް ވިދާޅުވީ ސަރުކާރުތަކުން ހިންގާ އެކިއެކި މަޝްރޫތައް މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ ކަމަށެވެ. އަދި ލޯނުތަކާއި ކުލި މައާފްކޮށް ދޭނީ ސަރުކާރުތަކުން ކޮރަޕްޝަނަށް ހަރަދު ކުރާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ. 

ސަރުކާރުތަކުން ޕްރޮޖެކްޓްތަކުގެ ސައިޑުން ނަގާ ފައިސާ، ސަރުކާރުތަކުން ހިންގާ ކޮރަޕްޝަންގެ ފައިސާ ސަލާމަތް ކޮށްފިއްޔާ އެކަހަލަ ހައުސިން އަކަށް އެކަންޏެއް ނޫނޭ މާފުކޮށްދެވޭނީ. މިކަހަލަ އެސްއެމްއީ ލޯން އެކަންޏެއް ނޫނޭ މާފުކޮށްދެވޭނީ. އަދިވެސް އިތުރު އެއްޗެހި އެބަހުރި މާފުކޮށްދެވޭނެ. އެކަން އަޅުގަނޑު ކުރާނެތީ އަޅުގަނޑު މި ދަންނަވަނީ މާތް الله ގެ ވާގިފުޅާއެކު ވެރިކަން އަޅުގަނޑާ ހަވާލުކޮށްދެއްވައިފި ނަމަ އެކަން އަޅުގަނޑު ކޮށްދޭނަމޭ.

ގާސިމް އިބްރާހިމް 

ގާސިމް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލު އަޅަން ހަވާލުކުރީވެސް އަސްލު އަގަށްވުރެ 100 މިލިއަން ޑޮލަރު ބޮޑު ކޮށް ކަމަށެވެ. 

"ވަރަށް ރަނގަޅެއްނު، އެއްކަލަހެން ލޯވަޅަށް ފައިބައިގެން މިދަނީ 100 މިލިއަން ޑޮލަރު. އެވެސް ބޮޑުވަރެކޭ އަޅުގަނޑު ސަރުކާރެއްގައި އެކަން ކުރިނަމަ އެ ކޮލިޓީގައި އެއަށް ވުރެ ރަނގަޅަށް އަޅުގަނޑު ހެދީމުސް 35 މިލިއަނާއި 40 މިލިއަނަށް އެންމެ ގިނަވެގެން." 

ގާސިމް އިބްރާހިމް 

ގާސިމް އިބްރާހީމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންގެ ހެވާ ލާބައަށް ކަމަށާއި، މިއަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.