ޤާސިމް ރިޔާސީ ބަހުސުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
03 Sep 2023 | 09:13
ޤާސިމް ވިދާޅުވީ ރައީސް ނާސިރާއި، މައުމޫނުގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަމަށް!

ވެރިކަން ލިބިވަޑައިގެންފި ނަމަ ތަންފީޒުކުރައްވާނީ ކުރީގެ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެލުވަލާވާ ތަންފީޒު ކުރައްވަމުން ގެންދެވި ޚާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް އިބްރާހިމް މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ހުޅުވާަލައިގެން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސް "ސަންގު" ބަހުސްގައި، ވެރިކަން ލިބިވަޑައިގެންފި ނަމަ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާނީ ކޮން ގޮތަކަށް ތޯ އައްސަވާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ޤާސިމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ތަންފީޒު ކުރައްވަމުން ގެންދެވި ޚާރިޖީ ސިޔާސަތަކީ އެމަނިކުފާނަށް ވަރަށް ކަމުދާ އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮންނަން ޖެހޭނީ އެ ގޮތަށްކަމަށް ޤަބޫލުކުރެވޭ ސިޔާސަތެއް ކަމަށެވެ. 

އެގޮތުން އެއްވެސް ގައުމަކާއި ދޭތެރޭ ރުޅިވެރިކަމެއް ނުވާއްވާ ހުރިހާ ގައުމަކަށްވެސް އިޚްތިރާމުކުރާނެ ޚާރިޖީ ސިޔާސަތެއް އޮތުމަކީ މުހިންމުކަމެއްކަން ޤާސިމް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކަށް ވާނީ މީގެކުރީގަ ވެރިކަން ކުރެއްވި ރައީސް އިބްރާހީމް ނާސިރާއި އަދި ރައީސް މައުމޫން ގެންގުޅުއްވި ހާރިޖީ ސިޔާސަތު. ވިލް އޮތީ އެމެންޑްކޮށްފަ. އިތުރު ވިލްއެއް ހަދާކަށް ނުޖެހޭ. އަޅުގަނޑަށް ވަރަށް ކަމުދޭ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް. ކޮންމެހެން އިތުރު ގައުމަކާއި ޖެހުމެއް ތަޅާފޮޅުމެއް އެއްވެސްކަމެއް ނެތް"

ޤާސިމް އިބްރާހިމް

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ހުރިހާ ގައުމަކަށް އިޚްތިރާމު ކުރި ނަމަވެސް އެންމެ ފުރަތަމަ އިސްކުރައްވާނީ ގައުމާއި ރައްޔިތުން ކަމަށެވެ.

އަދި މަސައްކަތްޕުޅު ކުރައްވާނީ ދޭދޭ ގައުމުތަކާއި އޮންނަ ގުޅުންތައް ބަދަހިކޮށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހި ރައްޔިތުންނަށް ކުރިއެރުން ހޯއްދަވާދެއްވުމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.