ޤާސިމް ޖޭޕީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
03 Sep 2023 | 09:38
ސަރުކާރަކުން ދިން އެއްޗެއް ނޯންނާނެ، ހޯދީ ސަރުކާރަށް ނެގި އަމިއްލަ މުދާތައް: ޤާސިމް

އެއްވެސް ސަރުކާރަކުން ނުހައްގުން ދިން އެއްޗެއް ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް އިބްރާހިމް މިފަދައިން ވިދާޅުވެފައި ވަނީ އެކި ސަރުކާރުތަކުން ޤާސިމަށް ބަދަލުގެ ގޮތުގަޔާއި، އެކި ނަންނަމުގައި ފަޅުތަކާއި ފަޅުރަށްތައް އަދި އެކި މަންފާތައް ފޯރުކޮށްދެމުންދާކަމަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، އެފަދަ އެއްވެސް މަންފާއެއް، އެއްވެސް ސަރުކާރެއްގައި ލިބިވަޑައިގެންފައި ވޭތޯ އާއި، ސަރުކާރުން މަންފާގެ ގޮތުގައި އެއްވެސް އެއްޗެއް ހޯއްދަވާފައިވާނެ ތޯ އައްސަވާ ރިޔާސީ ބަހުަސްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ޤާސިމް ވިދާޅުވީ 1984 ވަނަ އަހަރު ސިޔާސީ މަސައްކްތަށް ނިކުމެ ވަޑައިގަތުމުން، ސަރުކާރުގެ އެކިވަރުގެ ފިއްތުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ސަރުކާރަކުން ހޯދި އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި، ވިޔަފާރިއަށް އެއްވެސް އެއްޗެއް ހޯއްދަަވާފައި އޮތް ނަމަ އެއީ މީހުންގެ އަތުން ބައްލަވައިގެންފައިވާ އެއްޗެި ކަމަށް ޤާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާހީ މަސައްކަތަށް ނިކުމެ ވަޑައިގެން އުޅުއްވާތީ، އެފަދައިން ގަނެފައިވާ ބިންތަކާއި، ފަޅުތައް ވެސް ސަރުކާރަށް އަނބުރާ ނަގަމުން ގޮސްފައިވާކަމަށެވެ.

އެހެންކަމުން އެ މުދާ ހޯދުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި، ލިބިވަޑައިގެންފައި އޮންނާނީ ސަރުކާރަށް ނަގާފައި ހުރި އޭނާގެ އަމިއްލަ މުދާ ކަމަށާއި، އެ ހޯއްދެވުމަށް ވެސް ރާއްޖޭގެ އެންމެ މަތީ ކޯޓާއި ހަމަޔަށް ގޮސްފައިވާކަމަށް ސައީދ ވިދާޅުވި އެވެ. 

"އަޅުގަނޑަށް އެއްޗެހި ލިބިފައި ހުރީ މީސްމީހުން އަތުން ގަނެގެން. މާމިލިލީ އެއާޕޯޓާއި ސަން އައިލެންޑް ފިޔަވައި. އެއީ ޓެންޑަރުން ލިބުނު ތަނެއް. ދެން އެހެން ތަންތަނަކީ އަޅުގަނޑު ގަނެފައި ހުރި އެއްޗެހި. އަޅުގަނޑު އިސްލާހީ މަސައްކަތުހގައި އުޅުނީމާ އެތަންތަން އަޅުގަމޑު އަތުން އަތުލަނީ. ސަރުކާރުން ނަގަނީ. ނެގީމާ އެމައްސަލަ ޝަރީއަތަށް ގޮސްގެން ޝަރީއަތުގެ ތިން މަރުހަލާ ނިމިގެން މެނުވީ އަޅުގަނޑަށް އެއްވެސް ސަރުކާރަކުން އެއްވެސް އެއްޗެއް ދީފަކާ ނޯންނާނެ"

ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހައްގުގައި އިސްލާހީ މަސައްކަތަށް ނިކުމެވަޑައިގަތީއްސުރެ މިހާ ހިސާބަށް އެންމެ ބޮޑު އަނިޔާއެއް ލިބި، ވަކި ފަރުދެއްގެ މުދަލަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ. 

އެހެން ނަމަވެސް މިއަދު ވެސް އިސްލާހީ މަސައްކަތް ކުރެއްވުމަށް ނިކުމެވަޑައިގެން ހުންނަވީ ގައުމުގެ ހާލަތު ބަދަލުކޮށް، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ނެގެހެއްޓުމަށް ކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.