ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ:އެމްޑީޕީ
ހަބަރު
03 Sep 2023 | 15:53
ނޮޅިވަރަމް ސިއްޚީ މަރުކަޒަށް ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއް ހަމަޖައްސައިދޭނަން

ހދ ނޮޅިވަރަމު ސިއްޚީ މަރުކަޒަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހދ ނޮޅިވަރަމްފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ނޮޅިވަރަމް ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށާއި އެކަން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ބައެއް މަސައްކަތްތައް ރައްޔިތުން ބޭނުންވާ ސްޕީޑުގައި ނުދިޔުމުގެ ޝަކުވާތަކެއް އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް މިއަރުވަނީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ ރަށެއްގެ ގޮތުގައި ނޮޅިވަރަމް ހަދާނެވާހަކަ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

މިއަންނަ ދައުރުގައި އެރަށުގައި ކުރަން ނިންމާފައި ހުރި ކަންކަމަށް ޚާއްސަ އިސްކަމެއް ދީ ނޮލިވަރަމަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ނޮޅިވަރަމަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި އެރަށުގެ ރައްޔިތުން އެދޭ ކަންތައްތައް ވާނީ ހިމަނައިފައިކަމަށެވެ.

އޭގެތެރޭގަ ނޮޅިވަރަމުގެ ބޮޑެތި މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް އިތުރުކުރުމާއި މަލްޓިޕާޕަސް ހޯލް ހެދުމާއި އޮފީސް ޢިމާރާތް ހަދައި އެރަށު ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޒުވާނުން ބޭނުންވަ ތަފާތު ކުޅިވަރުތައް ކުޅެވޭ ސްޕޯޓްސް ކޮމްޕްލެކްސްއެއް ނޮޅިވަރަމުގައި އަޅައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސިއްޚީ މަރިކަޒުން ދޭ ޚިދްމަތްތައް ރަނގަޅު ކުރުމަށްޓަކައި މިރަށުގެ ސިއްޚީ މަރިކަޒަކީ ހޮސްޕިޓަލް ފެންވަރަށް ދެވޭ ޚިދްމަތް ބަދަލުކޮށް ކުޑަކުދިން ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއް ސިއްޚީ މަރިކަޒުގައި ޚިދްމަތްދޭގޮތައް އަޅުގަނޑުމެން ބަދަލުކޮށްދޭނަން" 

ރަައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ނޮޅިވަރަމުގައި  އަޅާ އައު ޕޮލިސް ސްޓޭޝަނާއި އެކު އެރަށުގައި ފުލުހުންގެ ޚިދްމަތް ފުޅާކޮށްދެއްވާނެ ކަމަށެވެ.

ހދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޞާލިޙާ އެކު ކޯލިޝަން ޕާޓީތަކުގެ އިސްލީޑަރުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.