ގާސިމް އިބްރާހިމް ގެ ރަނިންމޭޓް އަމީން އިބްރާހިމް--
ހަބަރު
04 Sep 2023 | 17:14
"ސަރުކާރުން ކަންކަން ކޮށްފައި އެވާހަކަ ދެއްކީމާ ކަލަ ގޮވުމަކަށް ނުވަންޏާ ގާސިމް ދެއްކީމަވެސް ނުވާނެ"

ސަރުކާރުން ރައްޔިތުންގެ ޖީބުން ފައިސާ ނަގައިގެން ކުރާ ކަންކަމުގެ ވާހަކަ ކެންޕެއިން ތެރެއިން ދެއްކުމުން، އެއީ ކަލަ ގޮވުން ކަމުގައި ނުވާ ނަމަ، ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ދެއްކުމުން އެއީވެސް ކަލަ ގޮވުން ކަމުގައި ނުވާނެ ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ރިޔާސީ ކެންޕެއިން ގެ ތެރެއިން، ގާސިމް ވަޑައިގަންނަވާ ރަށްރަށުގައި ވާހަކަދައްކަވަމުން، އެމަނިކުފާނު އެ ރަށްރަށަށާއ، އަދި އެހެންވެސް ރަށްތަކާއި، ވަކިވަކި ފަރުދުންނަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ވާހަކަ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން އަންނަނީ ދައްކަވަމުންނެވެ. އެކަމަށް ފާޑުވިދާޅުވާ މީހުން ބުނަމުން އަންނަނީ އެއީ ކަލަ ގޮވުން ކަމަށެވެ. 

އެވާހަކަތަކަށް ރައްދުދެއްވަމުން، ރޭ އައްޑޫ ސިޓީގައި ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ޖަލްސާގައި އަމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކުގެ ވާހަކަ ދައްކާއިރު އެއީ ކަލަގޮވުމަކަށް ނުވާ ނަމަ، އަމިއްލަ މީހަކު ކަމެއް ކޮށްދީފައި އެކަމެއްގެ ވާހަކަ ދެއްކެވުން އެއީ އެއްވެސް ހާލެއްގައި ކަލަގޮވުމަކަށް ނުވާނެ ކަމަށެވެ.

އަދި ގާސިމް ކަންކަން ކޮށްދެއްވީ އެމަނިކުފާނުގެ އަމިއްލަ ޖީބުން ބޮޑު ޚަރަދުކޮށްގެން ކަމަށާ، އެގޮތުން އެތައް ހާސް ކުދިންނަށް ގާސިމް ކިޔަވައިދީފައިވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ކެންޕެއިން ޖަލްސާގެ ތެރެއިން--ފޮޓޯ/ ޖޭޕީ

"ދިވެހި ސަރުކާރުން، އަޅުގަނޑުމެންގެ އަމިއްލަ ޖީބުން، ޓެކްސް ނަގައިގެން، ޚަރަދު ކޮށްގެން ބަނދަރުތަކާ، ސުކޫލުތަކާ، މިތަންތަން ހަދާފައި މި ބުނަނީ، ސަރުކާރުން މިހާރު ރައްޔިތުންނަށް މިތަށް ސުކޫލެއް ހަދައި ދީފީމޭ، މިތަށް ބަނދަރު ހަދައިދީފީމޭ، ތިމަންނަމެން މިހާރު، މިވެނި ކަމެއް ކޮށްފީމޭ. މިކަން ނުވޭ ކަލަ ގޮވުމަކަށް. އެކަމަކު އޮނަރަބަލް ގާސިމް އިބްރާހިމް، އެމަނިކުފާނު އެތައް މަސައްކަތެއް ކުރައްވައިގެން، ލާރި އެއްކުރައްވައިގެން، ރާއްޖޭގެ އެތައް ކުދިންނަކަށް ކިޔަވައި ދެއްވައިފި، ރާއްޖޭގެ އެތައް މީހެއްގެ ހިތް ބަދަލު ކޮށްދެއްވައިފި. ރާއްޖޭގެ އެތައް އިމާރާތެއް އަޅުއްވައި ދެއްވައިފި. ބަނދަރުތައް އަޅުއްވައި ދެއްވައިފި. އެމަނިކުފާނު މި ވާހަކަ ދެއްކެވީމާ މިވަނީ ކަލަ ގޮވުމަށް. މިއީ ކޮން ކަހަލަ ބޭއިންސާފު ވާހަކައެއް." އަމީން ވިދާޅުވިއެވެ. 

ރައްޔިތުންގެ ފައިސާއިން ސަރުކާރުން ކަމެއް ކޮށްގެން، އެކަމުގެ ވާހަކަ ދެންނެވީމާ އެއީ ކަލަ ގޮވުމަކަށް ނުވަންޏާ، އޮނަރަބަލް ގާސިމް އިބްރާހިމް އެމަނިކުފާނުގެ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެން އެވާހަކަ ވިދާޅުވީމަ އެއްވެސް ހާލެއްގައި އެއީ ކަލަ ގޮވުމަކަށް ނުވާނެ. 

އަމީން އިބްރާހިމް 

އަމީން ވިދާޅުވީ ގާސިމް ކޮށްދެއްވި ކަންކަން އެންމެނަށްވެސް ހަނދާން ކޮށްދެއްވަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ތެރޭގައި، އިހްސާންތެރި، އޯގާތެރިން އެނގެނީ އެފަދައިން ހަނދާންކޮށްދިނީމާ ކަމަށްވެސް އަމީން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.