ފުވައްމުލަކު ޖަލްސާގެ ތެރެއިން--ފޮޓޯ/ވަގުތު
ހަބަރު
05 Sep 2023 | 08:58
ކުރީ ސަރުކާރުތައް ވެރިކަމަށް ގެންނަން މަސައްކަތް ކުރި އިރު އެއީ އެހާބޮޑު ޚިޔާނާތްތެރިން ކަމެއް ނޭނގޭ: ގާސިމް

ޕީޕީއެމްގެ ސަރުކާރެއް، އަދި އެމްޑީޕީގެ ސަރުކާރެއް ދެ ފަހަރު ގެންނަން މަސައްކަތް ކުރައްވައި އެކަން ކުރެއްވި ކަމަށާ އެހެން ނަމަވެސް، އެކަން ކުރެއްވި އިރު، އެއީ "އެހާ ބޮޑު ހިޔާނާތްތެރިކަން" އޭރު އެނގިވަޑައިނުގަންނަވާ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވުމުން، އެ ސަރުކާރުން ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ކަމަށެވެ. އެއަށްފަހު އަނެއްކާވެސް، ދެވަނަ ފަހަރަށް އެމްޑީޕީއަށް ވެރިކަން ދިނުމުން މިހާރު ތަޅު އަޅުވާފައި އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަން ސަރުކާރުން ކޮށްފައިވަނީ ގަސްތުގައި ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެއީ އިންތިހާބާ ދިމާކޮށް ސަރުކާރާ ދެކޮޅަށް ތަފާތު ވާހަކަ ދެއްކުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. 

"އެމްޑީޕީގެ ސުޕާ މެޖޯރަޓީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތީމަ މިއަދު ރައީސުލްޖުމްހޫރިއްޔާ އަޒުލު ނުކޮށް، ވެރިކަމުގައި އެ ހުންނެވެނީ. އެހެން ނޫނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލާޒިމުވާނެ އޭނާ (ރައީސް ޞާލިހު) ބޭރުކުރަން. އަދި ސުޕްރީމް ކޯޓަށް މިހާރު މައްސަލަ ވެއްދިޔަސް އެކަން ސާބިތުކުރެވޭނެ،"

ގާސިމް އިބްރާހިމް 

ގާނޫނު އަސާސީގައި، ބުނާގޮތުން އެފަދައިން ބޭރުގެ ސިފައިންނަށް ތިބެވޭނީ މަޖިލީހުގެ ހުއްދަ އާއި އެކުގައި ކަމަށް ވާއިރު، މަޖިލީހަށް "ނޭނގި" އެފަދައިން ސިފައިން ބެއިތިއްބުމުން ރައީސް ޞާލިހު ވަނީ ގާނޫނު އަސާސީ އާ ހިލާފުވެފައި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީއާ ޚިލާފް ވުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އާއި ޚިލާފް ވުން ކަމުގައިވާއިރު، އެ މައްސަލާގައި ރައީސް ޞާލިހު އަޒުލު ކުރަންޖެހޭ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. 

މިއާއެކު ގާސިމް ވިދާޅުވީ އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯދައިދިނުމުން ވެސް އެ ދެފަހަރު ވެސް އެ ޕާޓީންވެސް، އަދި ޕީޕީއެމަށް ވެރިކަން ހޯދައި ދިނުމުން އެ ޕާޓީންވެސް ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. އަދި އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މިވަރުގެ ޚިޔާނާތްތެރި މީހުން، ގައުމުގެ ވެރިންނަށް އިސްކުރީމާ ކަންތައްތައް ވީގޮތް. ދެން މީގެ ހިތާމަ އަކީ އަޅުގަނޑު ވެސް އެބޭފުޅުން ވެރިކަމަށް ގެންނަން ކަންތައްތައް ކުރީމޭ. އަޅުގަނޑަށް ނޭނގެ އޭރަކު، މިމީހުން މިއީ އެވަރުގެ ޚިޔާނާތްތެރިން ކަމެއް. 

ގާސިމް އިބްރާހިމް 

މިއާއެކު ގާސިމް ވިދާޅުވީ އެ އެމްޑީޕީއާއި ޕީޕީއެމްވެސް ވަނީ ފެއިލް ވެފައި ކަމަށާ، އެބޭފުޅުންނަށް ދެން ތާއީދު ކުރެއްވެން ނެތް ކަމަށެވެ. 

"އެހެންވީމާ މާފު ކުރައްވާ އަޅުގަނޑަކަށް ނެތް އެބޭފުޅުންނަށް ތާއީދުކުރެވޭކަށް. އެ ޕާޓީތައް ފެއިލުވެއްޖެ. ވަރަށް ސާފުކޮށް މި ދަންނަވަނީ. ވަރަށް ރީތިކޮށް ފެއިލް ވެއްޖެ." ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.